މިސަރުކާރުން އެމްޑީޕީ ހަދާކަހަލަ މަކަރު ނުހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ކޭޕާކް މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރަށްވަމުން ފަލާހް ވިދާޅުވީ، މިސަރުކާރުން އެމްޑީޕީ ހަދާކަހަލަ މަކަރު ނުހަދާނެ ކަމަށާއި، ކޭޕާކު މައްސަލައިގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް މިސަރުކާރުން ގޮތް ހޯދައިދޭނެ ކަމަށެވެ.
މިސަރުކާރަކީ ރައްޔިތުންނަށް އިހްލާސްތެރިކާމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރަން އައިސް އޮތް ސަރުކާރެއްކަން ފާހަގަ ކުރަށްވަމުން ފަލާޙް ވިދާޅުވީ އެމްޑީޕީން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ރަށްރަށުގައި ފްލެޓް އަޅަން ބިން ހަވާލުކުރުމުން ބިމުގެ ގަސްތައް ވެސް ސާފުނުކޮށް 200 މިލިއަން ރުފިޔާގެ އެޑްވާންސް ނެގުމަށްފަހު ފްލެޓް އަޅާފައިނުވާ ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރަން އެޑްވާންސް ކޮށް 50 މިލިއަން ނަގައި މަސައްކަތް ނުފަށާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެއިތުރުން މިއަދުގެ ޖަލްސާގައި ފަލާޙް ވިދާޅުވީ، މިސަރުކާރަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު