ރައްޔިތުން ހަނާވެގެންދާއިރު، ސަރުކާރެއް އޮތް ކަމެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ، ކޭޕާކް މައްސަލާގައި މަޖިލީހަށް މިއަދު ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މައުރޫފް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ޙަވާލުވި ފަހުން މިޤައުމުގައި ބޮއްސުންނުލާ، އެންމެ ދިމާލެއް ވެސް ނެތް ކަމަށެވެ.
މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންސާފު ނުލިބުމާއި، ޑޮލަރުގެ މައްސަލަ ހައްލު ނުވުންކަން ފާހަގަ ކުރަށްވަމުން މައުރޫފް ވިދާޅުވީ، ޑޮލަރުގެ ރޭޓް އިންތިހާއަށް މައްޗަށްދާއިރު، ގަވަރުނަރު ކަހާތަން ހިރުވާނުލާ ކަމަށާއި، މިމައްސަލާގައި ގަވަރުނަރު ޖަވާބުދާރީވާންޖެހޭ ކަމަށެވެ.
ހަމައެއާއެކު ރައްޔިތުން ހަނާވެގެންދާއިރު، ސަރުކާރެއް އޮތް ކަމެއް ނޭނގޭ ކަމަށާއި، މިހާރުވެސް ސަރުކާރުން ތައްޔާރުވަމުންދަނީ 200 މިލިއަން ރުފިޔާ އަންދާލުމަށްކަމަށް މައުރޫފް މިއަދު ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިކަމާ ދެކޮޅަށް ރައްޔިތުން ތެދުވަން ޖެހޭ ކަމަށާއި، ރައްޔިތުން އެދޭ ގޮތަށް ސަރުކާރު ހިންގަން ނޭންގޭ ނަމަ ސަރުކާރު އިސްތިއުފާ ދޭންޖެހޭ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
ޑޮލަރުގެ ރޭޓް އިންތިހާއަށް މައްޗަށްދާއިރު، ގަވަރުނަރު ކަހާތަން ހިރުވާނުލާ ކަމަށް މައުރޫފް ވިދާޅުވެފައިވާއިރު، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތީ އާއި ދައުލަތުގެ ރިޒާވުން ރަސްމާލެ ހިއްކަން ފައިސާ ދައްކާ ކަމަށް ބުނެ ގަވަރުނަރާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މިއަދު ވަނީ އެމްއެމްއޭއަށް ޒިޔާރަތް ކުރަށްވައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު