އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުގައި ހެޔޮ ނިޔަތެއް ނެތްކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ކަރަންޓުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުނުވެ އުޅެނިކޮށް މިހާރު އަނެއްކާ ވެސް އިންޖީނަކަށް މައްސަލަ ދިމާވެ އައްޑޫގެ އެކި ހިސާބުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.
އެހެންވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުން ކަރަންޓު ނެތި އަނެއްކާވެސް މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލު ކުރަމުން ކަމަށާއި ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދާ ކަމަށެވެ.
އޭގެ ސަބަބުން ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ލިބެމުން ދާއިރު އާންމު ޚިދުމަތްތަކަށް ދަނީ ހުރަސް އެޅެމުންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައިކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ނިޒާރުވަނީ ފާޅުކުރައްވާފައެވެ.
ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާއެއްގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވި ދެ އަހަރުވާން ކައިރިވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ. ނަމަވެސް އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު އެކަމުގައި ސަރުކާރުން އެކަށީގެންވާ މަަސައްކަތްތަކެއް ނުކުރާކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރުން ވެސް ދަނީ ވިދާޅުވަމުންނެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ކަރައްޓް ނެތި އަނެއްކާވެސް މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން. ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން މިދަނީ ކަރަންޓް ކަނޑަމުން. ވިޔަފާރިތަކާއި އަމިއްލަފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ޚިދުމަތްތަކަށް ދަނީ…
— Ali Nizar (@DhekunuNizar) July 21, 2025
ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާއެއްގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވި ދެ އަހަރުވާން ކައިރިވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެވެ. ނަމަވެސް އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު އެކަމުގައި ސަރުކާރުން އެކަށީގެންވާ މަަސައްކަތްތަކެއް ނުކުރާކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރުން ވެސް ދަނީ ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު