ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިލީފް ޕެކޭޖުގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.
މިގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރާނީ އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިއީ 6 ޕަސެންޓް އިންޓަރެސްޓްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑާއެކު 3 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނުތަކެކެވެ. މި ލޯނުތައް ދޫކުރުމުގައި، ލޯނު ނަގާ ފަރާތުން އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ނެރެފައިވާ ނޫސް ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ޢާމްދަނީގެ ގޮތުގައި ވޭތުވެދިޔަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބިފައިވާ ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ވިޔަފާރިއަކަށް އެއް މިލިއަން ރުފިޔާއެވެ. ކޯވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭ ނަގަން މަޖުބޫރު ކުރުވާފައިވާ ފަރާތްތަކަށް މި ލޯނު ނުލިބޭނެކަމަށް ސަރުކާރުން ނެރުނު އުސޫލުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު