ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް ގޮވާލައި ހުޅަނގުގެ 28 ޤައުމަކުން ނެރުނު ބަޔާނުގައި ޖަރުމަނުވިލާތުން ސޮއިކޮށްފައި ނުވުމާ ގުޅިގެން އެ ޤައުމުގެ ޗާންސެލަރު ފްރީޑްރިޗް މަރޒް އަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކާއި ކާބޯތަކެތި ލިބުމުގައި ތަކްލީފު ދިނުމާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި މަރޒް ވަނީ އިސްރާއީލުގެ ޢަމަލުތައްވެސް ކުށްވެރިކުރައްވާފައެވެ.
އެހެންނަމަވެސް ޖުލައި 21 ވަނަ ދުވަހު ހުޅަނގުގެ ޤައުމުތަކުން އެކުގައި ނެރުނު ބަޔާނުގައި ޖަރުމަނުވިލާތުން ސޮއިކޮށްފައި ނުވާތީ، އެކަމާމެދު އޭނާއަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
މި ބަޔާނުގައި ސޮއިނުކުރުމާ ގުޅިގެން ޗާންސެލަރު މަރޒްގެ ކޯލިޝަން ސަރުކާރުގެ ގިނަބަޔަކުވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން މަރޒްގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ރީމް އަލްބާލީ ރާދުވާން ބުނީ ބަޔާނުގައި ސޮއިނުކުރުމާމެދު ހިތާމަކުރާ ކަމަށެވެ. އަދި ބަޔާނުގައި ހިމެނޭ ކަންކަމަކީ ބަލައިގަނެވޭ ކަންކަން ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޗާންސެލަރު މަރޒް ވިދާޅުވީ އެ ބަޔާނާ އެއްގޮތް ބަޔާނެއް ޔޫރަޕިއަން ކައުންސިލުން ކުރިން ނެރެފައިވާ ކަމަށެވެ. އަދި އޭގެ ތިން ދުވަސް ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި، ޣައްޒާއާމެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތަށް ޖަރުމަނުވިލާތުން ތާއީދު ނުކުރާކަން ސާފުކޮށް ވިދާޅުވެފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު