އަދުގެ ސިއްހީ ދުނިޔޭގައި ޗިއާ ސީޑަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާނާއެކެވެ. އޮމެގާ-3 ފެޓީ އެސިޑް، ފައިބަރު، ޕްރޮޓީން އަދި އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭތީ، މިއީ ސިއްހަތަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރެއެވެ. ނަމަވެސް، އެއާއެކު ދިމާވެދާނެ ބައެއް ނުރައްކާތައްވެސް ހުރެދާނެކަން ގިނަ ބަޔަކަށް ނޭނގެއެވެ.
މިފަހަރު މި ހިމަނާލަނީ ޗިއާ ސީޑް ބޭނުން ކުރުމުން ދިމާވެދާނެ ބައެއް ނުރައްކާތަކެވެ.
ފުރަތަމަ ކަމަކަށް ބަލާއިރު ޗިއާ ސީޑަކީ ދިޔާއެއްޗެހީގައި ވަރަށް ބޮޑަށް ފުފޭ އެއްޗެކެވެ. މި ސިފަޔަކީ އެއީ ރަނގަޅު އެއްޗެއް ކަމަށް ބުނެވޭ އެއް ސަބަބު ކަމުގައި ވިޔަސް، ބައެއް ހާލަތްތަކުގައި މިއީ ނުރައްކާތެރި ކަމަކަށްވެސް ވެދާނެއެވެ. ޚާއްސަކޮށް، ހިކިކޮށް ނުވަތަ އެކަށީގެންވާ ވަރަށް ދިޔާއެއްޗެއް ނުބޮވޭނަމަ، ޗިއާ ސީޑު ކަރުގައި ތާށިވެ ނޭވާ ހާސްވުމުގެ ފުރުސަތު އޮވެއެވެ. މިފަދަ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ޗިއާ ސީޑު ބޭނުންކުރާނަމަ އަބަދުވެސް ގިނަ ފެނާއެކު މިކްސްކޮށް އޮލަވެ (ޖެލް ފޯމްގައި) ބޭނުންކުރުން މުހިންމެވެ.
ޗިއާ ސީޑްގެ ސަބަބުން ދެން ދިމާވާ އަނެއް މައްސަލައަކޯ ހަޖަމުގެ މައްސަލަތައް ދިމާވުމެވެ. ޗިއާ ސީޑަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެކެވެ. އެއްފަހަރާ ގިނަ ފައިބަރު ހަށިގަނޑަށް ވަންނަން ފަށައިފިނަމަ، ބަނޑުގައި ވައިހެދުން، ބަނޑު ފުއްޕުން، އަދި ބޭރަށް ހިނގުން ފަދަ މައްސަލަތައް ދިމާވެއެވެ. އަދި އެކަށީގެންވާ ވަރަށް ފެން ނުބޮއި ހުންނަނަމަ، ފައިބަރުގެ ސަބަބުން ފާހާނާ ނުކުރެވޭ ގޮތްވެސް ވެދާނެއެވެ. މިފަދަ މައްސަލަތައް ކުޑަކުރުމަށްޓަކައި، ޗިއާ ސީޑު ބޭނުންކުރަން ފަށާއިރު މަދުން ބޭނުންކޮށް، މަޑުމަޑުން އިތުރުކުރުން މުހިންމެވެ.
މީގެ އިތުރުން ޗިއާ ސީޑް ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އެލާޖިކް ރިއެކްޝަނެއް މެދުވެރިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ބޭނުން ކުރުމުން ހަންގަނޑު ކަހައިގަތުން، ރަތްވުން، ދުޅަވުން، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެނިދާނެއެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ޗިއާ ސީޑު ބޭނުންކުރުން ހުއްޓާލައި ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ.
ޗިއާ ސީޑަކީ ސިއްހަތަށް ގިނަ ފައިދާތަކެއް ހުރި ކާނާއެއް ކަމުގައި ވިޔަސް، މިއީ ވަކި މިންވަރަކަށް ވުރެ ގިނައިން ބޭނުން ކުރުމުން، ނޫނީ ފެނަށް (ނޫނީ ބުއިމަކަށް) އަޅައި ގިނައިރު ބެހެއްޓުމަށްފަހު ނޫންގޮތަކަށް ބޭނުން ކުރުމުން ނުރައްކާތަކެއްވެސް ކުރިމަތި ކުރުވާ އެއްޗެކެވެ. އެހެންކަމުން މި ބޭނުން ކުރާއިރު ސަމާލުވެ، އެކަށީގެންވާ މިންވަރަށް ބޭނުންކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު