ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެހި ނުލިބި، ބަނޑުހައި ހޫނުކަމުގައި މަރުވަނީ-
ޣައްޒާގެ ރައްޔިތުންނަށް ކާއެއްޗެހި ނުލިބި، ބަނޑުހައި ހޫނުކަމުގައި މަރުވަނީ-
ކާބޯތަކެތި ނުލިބި ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވުމުގެ ޒިންމާ އުފުލަންޖެހޭނީ އދ. އިން ކަމަށް ބުނެ އިސްރާއީލުން ދައްކާ ވާހަކަތައް ދޮގުކޮށް އދ. އިން ނުރުހުން ފާޅުކޮށްފިއެވެ.

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރުވާގެ އެކްޓިންގ ޑިރެކްޓަރ ސޭމް ރޯސް ވިދާޅުވީ، ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުކުރުމުގެ ކުށް އިސްރާއީލުގެ ބޮލުގައި އެޅޭތީ، މިހާރު މަސައްކަތް ކުރަމުން ގެންދަނީ ހަގީގަތް އޮޅުވާލައި އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމަށް ކަމަށެވެ.

ޣައްޒާއަށް އެތެރެކުރާ ހުރިހާ އެހީގެ ސަމާނެއް ކޮންޓްރޯލް ކުރަނީ އިސްރާއީލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސޭމް ވިދާޅުވީ ޣައްޒާއަށް އެތެރެކުރަން އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 6،000 ޓްރަކް މިހާރުވެސް އެބައޮތް ކަމަށެވެ. އެއީ، ޣައްޒާއަށް ތިންމަސް ދުވަހަށް ބޭނުންކުރެވޭނޭ ސާމާނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެހީގެ ސަމާނު ޣައްޒާއަށް އެތެރެކުރަން އިސްރާއީލުން މިހާރުވެސް ގެންދަނީ ހުރަސްއަޅަމުން ކަމަށް ސޭމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު