މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމު ސްނެޕްޗެޓުން "ހޯމް ސޭފް" ގެ ނަމުގައި އާ ފީޗާއެއް ތައާރަފް ކޮށްފިއެވެ.
މި ފީޗަރގެ ބޭނުމަކީ ބޭރަށް ގޮސް އުޅުމަށްފަހު ގެއަށް ސަލާމަތްތެރިކަމާއެކު އާދެވޭކަން އެކުވެރިންނާއި އާއިލާގެ މެމްބަރުންނަށް އަންގައިދިނުމެވެ.
ސްނެޕްޗެޓުން ބުނި ގޮތުގައި މި އެލާޓް ފޮނުވޭނީ ހަމައެކަނި، ލޮކޭޝަން ހިއްސާކުރާ އެކުވެރިންނަށް އެކަންޏެވެ. ސްނެޕް މެޕްގައި ލޮކޭޝަން ހިއްސާކުރުމަކީ އަމިއްލައަށް އެކަން ނުކުރާހާ ހިނދަކު، އޮފްކޮށްފައި އޮންނަ ކަމެކެވެ. އެހެންކަމުން، ލޮކޭޝަން ހިއްސާކުރަން ނިންމައިގެން މެނުވީ އެހެން މީހަކަށް ލޮކޭޝަން ފެނުމެއް ނުވަތަ "ހޯމް ސޭފް" އެލާޓެއް ނުލިބޭނެ ކަމަށް ސްނެޕްޗެޓުން ވަނީ ހާމަކޮށްފައެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި، ފުރަތަމަ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ "ހޯމް ލޮކޭޝަން" ނުވަތަ ގެ ހުންނަ ތަން ސެޓްކުރަން ޖެހެއެވެ.
އެކަން ކުރުމަށްޓަކައި، ސްނެޕް މެޕްގައިވާ ބިޓްމޯޖީއަށް ފިތާލުމަށްފަހު "މައި ހޯމް"އަށް ފިތާލާށެވެ. އެއަށްފަހު ޖެހޭނީ ބޭރަށް ދާން އުޅޭއިރު، ގެއަށް އާދެވޭކަން އަންގަން ބޭނުންވާ އެކުވެރިޔާއާ ދެމެދުގައިވާ ޗެޓް ހުޅުވައި މެޕްގެ އައިކޮންއަށް ފިތާލުމަށްފަހު "ހޯމް ސޭފް" ބަޓަންއަށް ފިތާލަންށެވެ.
މި ފީޗަރު އޮންކޮށްފައި ހުރުމުން ސްނެޕް ބޭނުން ކުރާ މީހުން ގެއަށް އައުމާއެކު، އެކުވެރިޔާއަށް އޮޓޮމެޓިކުން ޗެޓް މެދުވެރިކޮށް އެލާޓެއް ލިބޭނެއެވެ.
މިއީ އެޕް ބޭނުން ކުރާ މީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް އެހީވެދޭނެ ފީޗަރެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު