ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު ޖަލްސާގައި ފަލަސްތީން ދައުލަތް ރަސްމީކޮށް ބަލައިގަންނަން ނިންމާފައިވާކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިއުލާން ކުރައްވައިފިއެވެ.
މިއީ މެދުއިރުމަތީގެ ސުލްހައަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މެކްރޮން ސިފަކުރެއްވިއެވެ.
އެހެންކަމުން ފުރާންސް ވެގެންދާނީ ޖީ 7 ގެ ގައުމު ތަކުގެ ތރެއިން ފަލަސްތީނު ބަލައިގަންނަ ފުތަމަ ގައުމަށެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފްރާންސްގެ ރައީސް ވިދާޅުވީ މިއަދު އެންމެ ބޮޑު އިސްކަމެއް ދޭންވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި މަދަނީ އާބާދީ ސަލާމަތް ކުރުމަށް ކަމަށެވެ.
މީގެ ކުރިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ އެކު މެކްރޮން ކުރެއްވި މުއާމަލާތެއްގައި ވަނީ ފްރާންސްގެ މި ސްޓޭންޑަކީ މެދުއިރުމަތީގެ ސުލްހައަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ފްރާންސްގެ މި ނިންމުމަމަށް އިޒްރޭލުގެ އޮފިޝަލުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި ޣައްޒާގެ ހާލަތާ އެއްގޮތަށް އީރާނުގެ އިތުރު ބައިވެރިއަކު ގާއިމުކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މި ހާލަތުގައި ފަލަސްތީނުގެ ދައުލަތަކީ އިސްރާއީލު ހަލާކުކޮށްލުމުގެ ފެށުމަކަށް ވާނެ ކަމަށެވެ.
ފަރަންސޭސިވިލާތާއި ސަޢޫދީ ޢަރަބިއްޔާ ގުޅިގެން ނިއުޔޯކްގައި ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ކުރިން މިކަން ހާމަކޮށްފައިވަނީ ދެ ދައުލަތުގެ ޙައްލު އަލުން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައެވެ. މި ސަމިޓުގެ ސަބަބުން ފްރާންސްގެ ނިންމުން ބަލައިގަނެ އިތުރު ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސައޫދީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު