ކާބަފައިންގެ ޤުރުބާނީގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތައް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން 4500 އަށްވުރެ ދޮށީ ތާރީޚު ދިވެހީން ހޭދަކޮށްފައިވަނީ މިނިވަންކަން މަތީގައި ކަމަށާއި، މިއީ ދުނިޔޭގެ މަދު ޤައުމަކަށް ލިބިފައިވާ ޝަރަފެއް ކަމަށް ޗީފް ވިދާޅުވިއެވެ.
ހަމައެއާއެކު ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތީ ދިވެހީންގެ ކާބަފައިން ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށާއި، މިޤުރުބާނީގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ލަޝްކަރުތައް ކަމަށެވެ. އަދި މިކަން މިގޮތުގައި ދިވެހި އަސްކަރިއްޔާއިން ދަމަހައްޓަވާނެކަމަށްވެސް ޗީފް ހިލްމީ ވިދާޅުވިއެވެ.
ތާރީޚުގައި ދިވެހި އަސްކަރިއްޔާއިން ވެފައިވާ މަތިވެރި ޖިހާދުތަކަށް އަލިއަޅުއްވާލައްވަމުން ކަނޑުގެ ބާޒުތަކުން ކަނޑުމަތީގައި ކުރި އެކި ހަނގުރާމަތަކުގައި ދިވެހި އަސްކަރިއްޔާއިން ދުޝްމަނުން ބަލި ކުރި މާޒީއާއި، 1988 ވަނަ އަހަރު ދިވެހީންގެ މިނިވަންކަމުގެ ޝަރަފުގައި އަސްކަރިއްޔާއިން ދައްކުވައިދެއްވި ނަމޫނާ މަސައްކަތް ޗީފް ފާހަގަކުރެއްވިއެވެ.
“3 ނޮވެމްބަރު 1988 ގައި އަސްކަރިއްޔާ ސާބިތުކޮށްދިނީ ދިވެހީންގެ މިނިވަންކަން ދިފާޢުކުރުމަށް އެއީ ކުޑަކޮށްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން. އެންމެ އިންޗިއެއްވެސް އަދި އެންމެ މިލިމީޓަރެއްވެސް ފަހަތަށް ޖެހޭނެބައެއް ނޫންކަން. ހަށިގަނޑާއި ފުރާނާއިން ޤުރުބާންވާނީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށްކަން.” ޗީފް އޮފް ޑިފެންސް ވިދާޅުވިއެވެ.
އޭގެ އިތުރުން ޗީފްގެ ވާހަކަފުޅުގައި ވަނީ، އަސްކަރިއްޔާ މިހާރު ބައްޓަންވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފަސްނުޖެހި ޚިދުމަތްދެވޭނެ ފަދަގޮތަކަށް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު