އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި، ދެ ބިދޭސީންނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ރޭ 20:45 ހާއިރު މާޅޮސް ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ދެ ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް މާޅޮހު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.
އެ ދެމީހުންވެސް ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާކަމަށް ވެއެވެ. މި ޙާދިސާގައި ފިހިފައިވަނީ، އިންޑިޔާގެ ދެ ރައްޔިތުންނެވެ. އެކަކުގެ އުމުރަކީ 40 އަހަރެވެ. އަނެކަކަކީ އުމުރުން 33 އަހަރުގެ މީހެކެވެ.
މައުލޫމާތު ލިބޭގޮތުގައި، މި ހާދިސާ ހިނގި ދޯންޏަކީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން ވެލި ފަދަ ތަކެތި އުފުލުމުގެ މަސައްކަތަށް ގެންގުޅޭ ދޯންޏެކެވެ. އަދި އެ ދެ ބިދޭސީންނަކީ އެ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު