އއ. މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ހާދިސާ ހިނގިކަމަށް ބެލެވެނީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް، ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، މި ހާދިސާ ހިނގުމަށް މެދުވެރިވީ ގޭސް ލީކުވެފައި ހުރި ވަގުތު އުނދުން ރޯކުރުންފަދަ ކަމެއް ކުރުމުން ކަމަށް، ބެލެވޭ ކަމަށެވެ. މީގެ ކުރިން ބެލެވިފައިވަނީ ޙާދިސާ ހިނގަން މެދުވެރިވީ ދޯނީގެ ބެޓެރި ގޮވައިގެން ކަމަށެވެ.
މި ޙާދިސާގައި ފިހުނު ދެ ބިދޭސީންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އއ. މާޅޮހުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏަކުން ވެލި ފަދަ ތަކެތި އުފުލުމުގެ މަސައްކަތަށް ބޭނުންކުރާ “ނަސްރު 7” ދޯނީގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެރޭ 8:45 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ ދޯނީގައި މަސައްކަތްކުރާ އުމުރުން 33 އަހަރާއި 40 އަހަރުގެ އިންޑިޔާ ދެ ފިރިހެނުންނަށެވެ. އެމީހުންގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އައިޖީއެމްއެޗުން ބުނީ، އެ ދެ މީހުންގެ ހާލަތުވެސް ސީރިއަސް ކަމަށާއި، ޑޮކްޓަރުންގެ ހާއްސަ ޓީމެއްގެ ބެލުގެ ދަށުން އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު