މޯލްޑިވްސް އިސްލާމިކް ބޭންކަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން، މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އެމްއައިިބީން މާނުއަށް ދޫކޮށްފައިވާ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއަކާ ގުޅިގެން އެއްބަސްވެފައިވާ ގޮތަށް މާނު ފައިސާ ދައްކަމުން ނުދާތީ އެމްއައިބީން ސިވިލް ކޯޓަށް ހުށައެޅި މައްސަލައެކެވެ.
އެގޮތުން އެމްއައިބީން ހުށައެޅި ދައުވާގައި ބުނީ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ދަށުން އެބޭންކުން މާނުއަށް 2،250،000 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް މާނު ފައިސާ ދައްކަމުން ގޮސްފައި ނުވާތީ، 1،102،067 ރުފިޔާއާއި ޗެރިޓީގެ ގޮތުގައި 7،498.29 ރުފިޔާ، ނަގައިދިނުމަށް އެމްއައިބީން ކޯޓުގައި އެދިފައިވެއެވެ. އަދި އެ ލޯނު ނެގުމަށް މާނު ރަހުނުކޮށްފައިވާ ރެހެންދި ފުލެޓް، ލޯނު ނެގުމަށް ރަހުނުކޮށްފައިވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެމްއައިބީން އެދުނެވެ.
މި މައްސަލާގައި މާނުގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމް އިއްވާފައިވަނީ އޭނާ ކޯޓަށް ހާޒިރު ނުވުމުންނެވެ.
އެގޮތުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގައި އިސްލާމިކް ބޭންކުން މައުމޫނަށް ދޫކުރި ދެ މިލިއަން ދެ ލައްކަ ފަންސާސް ހާސް ރުފިޔާގެ ތެރެއިން މައުމޫން ނުދައްކައި އޮތް އެއް މިލިއަން އެއްލައްކައަށްވުރެ ގިނަ ރުފިޔާއާއި، ޗެރިޓީގެ ގޮތުގައި ދައްކަން ޖެހޭ ހަތް ހާސް ރުފިޔާއާއެކު ޖުމްލަ 1،109،565.82 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި އެމްއައިބީ އަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
މީގެއިތުރުން އެ ފައިސާ ދައްކާ ޚަލާސް ކުރަންދެން، މައުމޫންގެ ރެހެންދި ފްލެޓް އިސްލާމިކް ބޭންކަށް ރަހުނުކޮށްފައިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
މަދަނީ މި މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް ހުކުމް އިއްވާފައިވާއިރު، ޖިނާއީ ހަތް މައްސަލައެއްގައި މައުމޫންގެ މައްޗަށް ދަޢުލަތުން މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު