ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމް ވިޔަ ނުދޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުން މިހެން ބުނެފައިވަނީ ނިއުޔޯކްގައި ކުރިއަށްގެންދިޔަ ދެ ދައުލަތުގެ ހައްލާ ބެހޭ ކޮންފަރެންސާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
އެގޮތުން އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރ އަދި މާލީ ވަޒީރު ބެޒެލް ސުމޮޓްރިޗް ބުނީ ޣައްޒާއަކީ އިޒްރޭލުން ވަކިނުކުރެވޭ ބައެއް ކަމަށާއި ނަތަންޔާހޫގެ މި ވެރިކަމުގައި އިޒްރޭލުން ފަލަސްޠިނު މީހުން ފައްސާލައި އެއްކޮށް ޣައްޒާ ހިފޭނެ ކަމަށެވެ.
ގިޑިއޯން ބުނީ ޔަހޫދީންނަށް މިނިވަންކަން މުހިންމު ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
އެހެންކަމުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމު ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިޒްރޭލުގެ މާލީ ވަޒީރު ވަނީ ޣައްޒާގައި ޔަހޫދީންގެ ބަސްތީތައް ބިނާކުރުމަކީ މިހާރު "ޙަޤީޤަތަކަށް ވާނެ ޕްލޭނެއް" ކަމަށް ބުނެފައެވެ. އަދި ނަތަންޔާހޫގެ ވެރިކަމުގައި ހުޅަނގު އައްސޭރި އިޒްރޭލާ އެއްކޮށްލާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު