މަރްޔަމް ނަހްދާ ވަޙީދު   30 ޖުލައި 2025 - 18:18
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒުހައިރު އައްޔަނުކޮށްފި
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒުހައިރު އައްޔަނުކޮށްފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އައްޔަނު ކުރަން ޕީސީބީން ނިންމައިފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު، މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީގެ ކުރިން މަޢުރޫފް ނިންމެވީ އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރެއްވުމަށެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ޕީސީބީން އެންގުމުންނެވެ.

ހުސްވި މަގާމަށް އައްޔަނުކުރެއްވި ޒުހައިރަކީ މި ވަގުތު އާރުޑީސީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސިފައިންގޭގައި 30 އަހަރު ހިދުމަތް ކުރައްވާފައެވެ.

އަދި އޭނާ ވަނީ މީގެ ކުރިން ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކްގެ ޗެއާމެންކަންވެސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު