ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖޭން މިކަމަށް ގޮވާލާފައިވަނީ، އ.ދ.ގެ ހައި-ލެވެލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަންގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައެވެ. އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި އިއްޔެ ނިމުނު ބައްދަލުވުމުގައި މި ބަޔާން އިއްވެވީ އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
އެގޮތުން ރާއްޖޭގެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްޠީނުގައި އިސްރާއީލުން ގަސްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލު އާންމު ނިންމުމަކަށް ގެނައުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުސޫލުތައް އިސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާ ކަމަށެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ހައްގު ބަލައިގަނެ، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓުން ފޯރުކޮށްދޭ އެހީތެރިކަން ދެމިއޮތްކަން ކަށަވަރުކުރުމުގެ މުހިންމުކަން ޑރ. ނަސީރު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ފަލަސްތީނުގައި އިސްރާއީލުން ގަސްތުގައި ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމާއި، އިންސާނިއްޔަތާ ހިލާފު ހާލަތްތައް ކުރިމަތި ކުރާކަން ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރާއްޖެއިން ވަނީ ނަސްލު ނައްތާލުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
ރާއްޖޭން މިކަމަށް ގޮވާލާފައިވާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަކުން ލާޒިމުކުރި މި ކޮންފަރެންސްގެ މަގްސަދަކީ ކުއެސްޝަން އޮފް ޕަލަސްޓައިން އާއި ޓޫ ސްޓޭޓް-ސޮލިއުޝަނާ ގުޅިގެން އ.ދ. އިން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމަށް ބާރުއެޅުމެވެ.
މި ކޮންފަރެންސް ޗެއަރ ކުރަށްވާފައިވަނީ ފްރާންސާއި، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުންނެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ވަޒީރުންގެ ފެންވަރުގައި ބައިވެރިވުމަށް ކަނޑައެޅުއްވި ވަޒީރު ޑރ. ޝަހީމަށް އެމެރިކާއިން ވިޒާ ދީފައިނުވާތީ މި ބައްދަލުވުމުގައި ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު