ގަލްފު ސަރަޙައްދުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިޙާދަކުން، ޣައްޒާއަށް ކާބޯތަކެއްޗާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން 'ގަލްފް ރެޒިލިއަންސް ޝިޕް' ގެ ނަމުގައި އިންސާނީ އެހީއާ އެކު ޣައްޒާއަށް ފޮނުވާ އުޅަނދެއް ތަޢާރަފުކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު އަލްހައިކީ ބުނީ މި އުޅަނދަކީ 18 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ޔަހޫދީންގެ ހިޞާރު ނިމުމަކަށް ގެނެސް، ޣައްޒާގައި އަހަރުން އަހަރަށް ގޯސްވަމުންދާ އިންސާނީ ހާލަތަށް އިޖާބަދިނުމަށް އަމާޒުކޮށްގެން ފޮނުވަން ނިންމާފައިވާ 'ގިނަ އަދަދެއްގެ އުޅަނދުތަކުގެ ތެރެއިން އެއް އުޅަނދު' ކަމުގައެވެ.
މިއީ މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް މަދަނީ އަދި ޞުލްޙަވެރި ގޮތެއްގައި ދެވޭ ޖަވާބެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނީ އެމީހުންނަކީ ގަލްފު ސަރަޙައްދުގެ ޒުވާނުންގެ ގްރޫޕެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމާއި ޔަހޫދީންގެ ނެއްގާނި މާޙައުލެއްގައި ދިރިއުޅެމުންދާއިރު، ހަމަހިމޭންކަމުގައި ނުތިބެވޭނެ ކަމަށެވެ.
މި އުޅަނދަކީ އެއްވެސް ސަރުކާރަކާ ނުވަތަ ސިޔާސީ ޖަމާޢަތަކާ ގުޅުން ނެތް، ޔަހުދީންގެ ހިސާރާ ދެކޮޅަށް ދުނިޔޭގެ ރައްޔިތުންގެފެންވަރުގައި ހިންގާ 'ގްލޯބަލް ކޯލިޝަން ޓު ބްރޭކް ދަ ސީޖް' ގެ ދަށުން ހިންގޭ މަޝްރޫޢެއް ކަމުގައިވެސް އޭނާ ވަނީ ބުނެފައެވެ.
މި ކޯލިޝަނަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓް ގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކްޓިވިސްޓުން ހިމެނޭ ފުޅާ ވިއުގައެއްގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު