ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފުން ނ. މަނަދޫއަށް ގެންގޮސްދީފިއެވެ.
އެމްއެންޑިއެފުން މިއަދު ބުނީ “ޓައިޑެކްސް” ނަމަކަށް ކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދޫއަށް ގެންގޮސްދީފައިވާ ކަަމަށެވެ.
މި ބަލްކް ކެރިއަރު ދަތުރު ކުރަމުން ދިޔައީ ނ.އަތޮޅު ދިގުފަރު ކައިރިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
“ދިވެހި ރައްޔިތެއް ކަމުގައިވާ އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ ނ. މަނަދޫއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގެންގޮސްދީފައި ވަނީ މިއަދު 09:00 ހާއިރުއެވެ.” އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރު ކަމަށެވެ.
އޭގެއިތުރުން އެމީހާ މަނަދޫއަށް ގެންދިޔައީ ސީ އެމްބިއުލާންސްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު