މާރުކޭޓު ސަރަޙައްދު
މާރުކޭޓު ސަރަޙައްދު
އަންނަ މަހުން ފެށިގެން މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފަށާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް، އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެމްޕީއެލްގެ ދަށަށް ބަނދަރު ބަދަލު ކޮށްފައި ވާތީ އެ ކުންފުނިން މިދިޔަމަހު ވަނީ އުޅަނދުތައް ރަޖިސްޓަރީ ކުރަން ފުރުސަތު ހުޅުވާލައިފައެވެ. އެމްޕީއެލްއިން ބުނީ، އިއްޔެ އިން ފެށިގެން އެ ސަރަހައްދުން ހިދުމަތް ލިބޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށެވެ.

އަދި އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ހިދުމަތްތައް ދޭނީ ކަނޑައަޅާފައިވާ ޓެރިފްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ފީ ނަގާނީ މިހާރު ވެސް ނޯތު ހާބަރުގައި ފީ ނަގަން ކަނޑައަޅާފައިވާ ރޭޓުތަކަށް ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އެމްޕީއެލް އާއި ޙަވާލު ކޮށްފައިވާއިރު، މިހާތަނަށް ވެސް އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބަލަހައްޓަމުން އައީ އެމްޕީއެލް އިންނެވެ.



ކިޔުންތެރިންގެ ހިޔާލު