ދިވެހި ރާއްޖޭގައި އަލަށް ސޯޝަލް އެންޑް ޑިވެލޮޕްމަންޓް ޕްލެޓް ފޯމެއް މިއަދު އިފްތިތާހު ކޮށްފިއެވެ.

"ހޮޓެލިޔާސްލިންކް"ގެ ނަމުގައި އިފްތިތާހު ކުރެވުނު މި ޕްލެޓްފޯމަކީ ދުނިޔޭގެ "ހޮޓެލިޔާސް"އަށް ޚާއްސަ ކުރެވިގެން ފަރުމާ ކުރެވިފައިވާ ސޯޝަލް ޕްލެޓް ފޯމެކެވެ. މި ޕްލެޓް ފޯމްގެ ފައުންޑާ މިސްޓަރ ޑިނޯ ފްރެންސިސް އޮޑޮމް ވިދާޅުވި ގޮތުގައި އެ ޕްލެޓް ފޯމަކީ ސޯޝަލައިޒް ވުމާއި އިލްމު އުގެނުމާއި، ކެރިޔާ ބިލްޑު ކުރުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތަކަށް ވަރަށް ތަނަވަސް ޕްލެޓްފޯމަކަށް ވެގެންދާނެކަމަށެވެ.

"މިފަދަ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އެގޮތުން އެކަކު އަނެކަކަށް ގާތް ގުޅުން އުފެއްދުމާއި، ތައުލީމް އުގެނުމަށް ފަސޭހަ ވުމާއިއެކު ކެރިއާއެއް ބިލްޑް ކުރުމަށް ދޮރުތަކެއް ހުޅުވިގެންދާނެ. އަދި ރިސޯޓްފަދަ ތަންތަނުން ޤާބިލް މުވައްޒިފުން ހޯދުމަށްވެސް ފަސޭހަ ވެގެންދާނެ. މީގެ އިތުރުން އަޅުގަނޑު ފާހަނގަ ކޮށްލަން މިހާރު ދުނިޔޭގަ ބޭނުން ކުރަމުންދާ ޕްލެޓްފޯމްތަކުން ނުލިބޭނެ ގިނަގުނަ ކަންކަން ލިބިގެންދާނެ." މިސްޓަރ ޑިނޯ ފްރެންސިސް ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓްއަދި ކޯޕަރޭޓްތަކަށް ޚާއްސަ ޕްރައިވެޓް ޕްލެޓްފޯމްތައް ގާއިމްކޮށްދީ އެ ޕްލެޓްފޯމަކީ އެ ރިސޯޓެއް ނުވަތަ ކޯޕަރޭޓެއްގެ ޕޮލިސީސް އެނައުންސްމަންޓް ޓްރެއިނިން އަދި އިންފޮމޭޝަން ޕާސްކުރެވި ސޯޝަލައިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕްލެޓްފޯމަކަށް ވާނެކަމުގައިވެސް ޑިނޯ ވިދާޅުވިއެވެ.

"ހޮޓެލިޔާސްލިންކް"އަކީ އަނެއްކާވެސް ދިވެހި ރާއްޖެއަށް ހުޅުވިގެންދާ ވަރަށް މުހިންމު އަދި އެހާމެ ޔުނިކް ޕްރޮޑަކްޓަކަށް ވެގެންދާނެ ކަމުމުގެ ޔަގީންކަން ޑިނޯ ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން