ދޮންކޭލަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ މޭވާއެކެވެ. މިއީ އެކި ކަހަލަ ފޮނި ކާތަކެތި ހެދުމަށާއި ހުހަށް ކާލަންވެސް މީރު މޭވާއެކެވެ. ކޮންމެ ދުވަހަކު ހެނދުނު ދޮންކެޔޮ ކާނަމަ އޭގެ ސަބަބުން ސިއްހަތަށް ގިނަގުނަ ފައިދާތައް ލިބެއެވެ.
ދޮންކޭލަކީ ގިނަ އަދަދަކަށް ނިއުޓްރިޝަންތައް ހިމެނޭ މޭވާއެކެވެ. އަދި އަވަހަށް ބަނޑުހައިވުން ފިލުވައިދީ، ކެއުމަށްވެސް ފަސޭހަ އެއްޗެކެވެ. ހެނދުނުގެ ނާޝްތާއަށް ގިނަ ބަޔަކު ދޮންކެޔޮ ބޭނުންކުރާ ސަބަބުތަކަކީވެސް މިއެވެ. މީގެއިތުރުން، ދޮންކޭލަކީ އޭގައި ވިޓަމިންސްއާއި މިނަރަލް ފަދަ ނިއުޓްރިޝަންތައް ގިނަވެފައި، ކެލޮރީސް މަދުން ހުންނަ މޭވާއެކެވެ. އެހެންކަމުން މި ކެއުމުން ބަރުދަން ލުއިކުރުމަށް އެހީވެދޭނެއެވެ.
ޕޯޓެންޓް އެންޓިއޮކްސިޑެންޓްއަކީ އަހަރުމެންގެ ހަށިގަނޑުގައި ހުންނަ ސެލްތައް ހަލާކުވިޔަނުދީ ސަލާމަތްކުރާ މާއްދާއެކެވެ. މި މާއްދާގެ ގިނަ ވައްތަރެއް ދޮންކޭލުގައި ހިމެނެއެވެ. އޭގެތެރޭގައި ފްލޭވަނޮއިޑްސް އާއި އެއިމިންސް ހިމެނެއެވެ. މި މާއްދާތައްވަނީ ސިއްޙީ ފައިދާތަކަކާއި ގުޅިލާމެހިވެފައެވެ. އެގޮތުން، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވުމާއި، ހަމައެހެންމެ، މެކިއުލަރ ޑިޖެނަރޭޝަން ނުވަތަ ލޯ ފުސްވުން ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމަށްވެސް މިމާއްދާތަކުން އެހީވެދެއެވެ.
މީގެ އިތުރުން ޕެކްޓިން ނަމަކަށް ކިޔާ ޚާއްސަ ވައްތަރެއްގެ ފައިބަރއެއްވެސް ދޮންކެޔޮލުގައި ހިމެނެއެވެ. ފައިބަރގެ މި ވައްތަރަކީ އަހަރުމެންގެ ހަށިގަނޑުން ބޭކާރު އެއްޗެހި ރަނގަޅަށް ނުވަތަ އެދެވޭ ގޮތަށް ބޭރުކުރުމަށް އެހީތެރިވެތޭ ވައްތަރެކެވެ. މިފަދަ އެތައް ސިއްޙީ ފައިދާތައް ދޮންކެޔޮލުން ލިބިގެންދެއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެވެސް ކޮންމެވެސް އެއް ނާޝްތާގައި ދޮންކެޔޮވަކެއް ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު