އިސްރާއީލުގެ މިނިސްޓަރު އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާ ބެން ގްވީރު އިސްވެ ހުރެގެން ޔަހޫދީންގެ އެތައް ސަތޭކަ މީހުންނާ އެކު މަސްޖިދުލްއަގްސާއަށް ވަދެ އެތާނގެ ޙުރުމަތް ކަނޑާލައިފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިމީހުން މަސްޖިދުލްއަޤްޞާއަށް ވަދެފައި ވަނީ އަންޒަމާނުގައި އެތާގައި ހުރި ޔަހޫދީންގެ "ފައްޅި ނައްތާލުމުގެ އަހަރީ ދުވަހުގެ" މުނާސަބާ ފާހަގަ ކުރުމަށެވެ.
ބެންގްވީރު އޭނާގެ ޓެރަރިސްޓް ސަޕޯޓަރުންނާއެކު ޤުދުސްއަށް ވަންނަމުން ބުނީ އޭނާއާއި ސަޕޯޓަރުންގެ މަގްސަދަކީ މަސްޖިދުލްއަގްސާ ހުރިތާނގައި އަލުން ޔަހޫދީންގެ ފައްޅި ބިނާކުރުން ކަމަށެވެ.
ފަލަސްޠީނުގެ އަވްޤާފް އިދާރާއިން ބުނީ މިއަހަރުގެ އަހަރީ ދުވަހަކީ އަލްއަގްސާ މިސްކިތަށް އެންމެ ނުރައްކާތެރި އެއް ދުވަސް ކަމަށެވެ.
މަސްޖިދުލް އަޤްސާގެ ޙުރުމަތް ކަނޑާލައި އެތަނަށް ޔަހޫދީ ޒަޔަނިސްޓުން ވަނުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ޔަހޫދީ ޓެރަރިސްޓުން އެތަނަށް ވަންނަ ކޮންމެ ހިނދަކު އެމީހުންނާއެކު ޔަހޫދީންގެ ޓެރަރިސްޓް ސިފައިންވެސް ވަދެއެވެ.

ކިޔުންތެރިންގެ ހިޔާލު