މަޖިލީހުގެ މަސައްކަތްތައް ރައްޔިތުންނަށް ސިއްރު ކުރުމުން ކަންކަމުގެ މަޤްސަދު ޙާސިލު ނުވާކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޝަމްހީދު މިހެން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގުއުފުލި ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ވެރިން ހާޒިރުކުރި ބައްދަލުވުން އެ އިދާރާއިން އެދިގެން ކަމަށް ބުނެ ޕީއެންސީގެ މެންބަރުންގެ ވޯޓުން ސިއްރުކުރުމާ ގުޅިގެންނެވެ.
މިއަދުގެ ބައްދަލުވުން ސިއްރު ކުރުމާ ގުޅިގެން ނުރުހުން ފާޅުކުރަށްވަމުން ޝަމްހީދު ވިދާޅުވީ، ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ފޮރުވަން ޖެހޭ އެއްވެސް މައުލޫމާތެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެކަންކަން ހާމަ ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ނޫން ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވި އެވެ.
އަދި މަޖިލީހުން ކުރާ ހުރިހާ މަސައްކަތެއް ސިއްރު ކުރެވޭނަމަ ރައްޔިތުން އެދޭ މަގްސަދު ހާސިލު ނުވާ ކަމަށާއި، ނަމަވެސް ފެންނަނީ، ދައުލަތުގެ އިދާރާއަކުން އެދޭ ކޮންމެ ބައްދަލުވުމެއް ސިއްރު ކުރަމުންދާ މަންޒަރު ކަމަށް ޝަމްހީދު ވިދާވެފައިވެއެވެ.
“ރައްޔިތުންނަށް އެއްޗެހި ފޮރުވައި އޮޅުވާލުމުގެ ބަދަލުގައި ހާމަކުރުމުގެ ސިޔާސަތަކީ ޕީއެންސީގެ ވެސް ސިޔާސަތު، ރައީސުލްޖުމްހޫރިއްޔާގެ ވެސް ސިޔާސަތު. އެ ސިޔާސަތަކާ އެއްގޮތަށް މި ކޮމިޓީ ކުރިއަށް ގެންދެވުން އެދެން.” ހިތްހަމަ ނުޖެހުން ފާޅުކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ޑޮލްރުގެ މައްސަލާގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ. ބައްދަލުވުން ސިއްރު ކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ މެންބަރު ޣަފޫރާއި، މެންބަރު ޝަމްހީދެވެ.

ކިޔުންތެރިންގެ ހިޔާލު