ސިއްރު ކޮށްގެން އެއްކަމެއްވެސް ރަނގަޅު ނުވާނެ ކަމަށާއި، ރައްޔިތުންނަށް ވާނުވާ އެނގެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މެންބަރު ޣަފޫރު މިހެން ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގުއުފުލި ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައިގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ވެރިން ހާޒިރުކުރި ބައްދަލުވުން އެ އިދާރާއިން އެދިގެން ކަމަށް ބުނެ ޕީއެންސީގެ މެންބަރުންގެ ވޯޓުން ސިއްރުކުރުމާ ގުޅިގެންނެވެ.
މިއަދުގެ ބައްދަލުވުން ސިއްރު ކުރުމާ ގުޅިގެން ނުރުހުން ފާޅުކުރަށްވަމުން ޣަފޫރު ވިދާޅުވީ، މަޖިލީހުގެ މުޅި ކޮމިޓީ ރައްޔިތުންނަށް ސިއްރު ކުރުން ބަލައިނުގަނެވޭނެ ކަމަށާއި، އެމްއެމްއޭއިން ސިއްރުން ބުނަން ބޭނުންވާ އެއްޗެއް އޮތްނަމަ އެމިންވަރަކަށް ސިއްކު ކުރުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ.
އަދި ޑޮލަރުގެ އަގު ކަޅުބާޒާރުގައި އުފުލިފައިވާ މައްސަލާގައި މެންބަރުން ކުރާ މަސައްކަތް ޢާއްމުންނަށް އެނގެންޖެހޭނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
“ސިއްރުން ހުރިހާކަމެއް ކޮށްގެން ކިހިނެއްތޯ ކަންކަން ރަނގަޅު ކުރަނީ. އަޅުގަނޑުމެންނަށްވުރެ މާބޮޑު ޝަކުވާ އެބަ އޮތް ޕަބްލިކްގައި.” ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު ޑޮލަރުގެ މައްސަލާގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ފާސްވީ ހަ މެންބަރުންގެ ވޯޓުންނެވެ. ބައްދަލުވުން ސިއްރު ކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ މެންބަރު ޣަފޫރާއި، މެންބަރު ޝަމްހީދެވެ.

ކިޔުންތެރިންގެ ހިޔާލު