ތިނަދޫ މޭޔަރ، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ތިނަދޫ މޭޔަރ، ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަންނަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން ބަދަލުކޮށް، އެ މައްސަލަ ކޯޓަށް ބަލައިގަތުމާމެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު އަންގަވައިފިއެވެ.

ތިނަދޫ މޭޔަރު ސައުދާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން އެލްޖީއޭއިން ނިންމީ ޖޫން މަހު ފަހުކޮޅެވެ. އެ ނިންމުން އެލްޖީއޭއިން ނިންމީ، 19 މައްސަލައެއް ބެލުމަށް ކުރިއަށްގެންދިޔަ އެންކުއަރީއަކަށް ފަހުއެވެ.

ސައުދު ސަސްޕެންޑުކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށްވާއިރު ނަސްރުﷲ ސަސްޕެނޑުކޮށްފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.

މި ނިންމުންތަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނުގަންނަންނަން ނިންމީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަކު، ރެޖިސްޓްރާގެ ނިންމުން ރިވިއުކުރަން ހުށަހެޅުމުން އިސްގާޒީ މަރްޔަމް ވަނީ ރެޖިސްޓްރާގެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގާޒީ މަރްޔަމްގެ ނިންމުމުގައި ވިދާޅުވީ، އެ މައްސަލަ ބަލައިނުގަންނަން ނިންމި އިޖުރާއީ ކަންކަން އަލުން ފުރިހަމަކޮށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ، ގަޒިއްޔާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ދެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހުން ފެށިގެން ވެސް ސައުދު ގެންދަވަނީ އެ ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ތުހުމަތުކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު