މަރްޔަމް ނަހްދާ ވަޙީދު   6 އޯގަސްޓު 2025 - 8:6
އައިފޯން 17-
އައިފޯން 17-
ކޮންމެ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އައިފޯންގެ އާ މޮޑެލް ދައްކާލަން އެޕަލް އިން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

މިއަހަރުގެ އެޕަލް އިވެންޓުގައި ދައްކާލާނީ އައިފޯން 17 އެވެ.

އެޕަލްގެ އުފެއްދުންތަކާއި ކުންފުނީގެ އާ ޚަބަރުތައް ތިލަކޮށްދޭ އެނަލިސްޓުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އައިފޯނު 17 ދައްކައިލާ އިވެންޓް އޮންނާނެ ކަމަށް ލަފާ ކުރެވެނީ ސެޕްޓެމްބަރު 9 ގައެވެ. އެހެންނަމަވެސް ބައެއް މީޑިއާތަކުން ވަނީ އެއަށް ވުރެ ކުރިން ވެސް އިވެންޓް ބާއްވައިފާނެ ކަމަށް ބުނެފައެވެ.

އައިފޯނަކީ އޭގެ ކޮންމެ މޮޑެލްތަކަކާ އެކީ ވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަފާތު ގިނަ ބަދަލުތަކެއް ޔޫޒަރުންނަށް ގެނެސްދޭ ޑިވައިސްއެކެވެ. އެހެންވެ އައިފޯން 17 އަކީ ވެސް ވަރަށް މުހިއްމު އަދި ޒަމާނީ އާ ގިނަ ފީޗާތަކެއް އެކުލެވޭނެ އެއްޗަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.

އަދި ޑިޒައިނުން ވެސް ބޮޑެތި ތަފާތުތަކެއް ފެނުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އައިފޯން 17 ގެ ހަތަރު ވަރަކަށް މޮޑެލް ނެރޭނެ ކަމަށް ބެލެވެއެވެ. އަދި މީގެ ތެރެއިން އެންމެ ހާއްސަ މޮޑެލްއަކަށް ވާނީ މުޅިން އަލަށް 'އެއާ' ގެ ނަމުގައި ނެރޭ މޮޑެލް އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް