ގދ. ފިޔޯރީގައި ރުކެއް ކަނޑަން އުޅުމުގެ ތެރޭގައި މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ފިޔޯރީ ގަސްކަރަ އަނީދު ސައީދު (38އ.) އަށެވެ.
އޭނާއަށް އަނިޔާވީ ރުކެއް ކަނޑަން އެއްސި ވާ ފައިގައި އޮޅި ވިއްސައިގެން ދިއުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިޙާދިސާގައި އޭނާގެ މޭ ކަށިގަނޑުގެ ބައެއް ކަށިތައް ވަނީ ބިނދިފައެވެ.
ފިޔޯރީގައި އެ ރުއްކަނޑަން އުޅުނީ ގްރޫޕެކެވެ. އަދި ރުކުގައި އައްސާފައިވާ ވަލުގައި އެ މީހުން ހިފަހައްޓައިގެން ތިބިއިރު އަނީދު ހުރީ އޭގެ މުގުލުގައެވެ.
އަނީދަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު