ފަލަސްތީނުގެ ޣައްޒާ ހިފައި، އެ ސިޓީގައި ވަކި ވެރިކަމެއް ހިންގަން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމައިފިއެވެ.
އިސްރާއީލުގެ ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި ހަމާސްއާ ހަނގުރާމަކޮށް، ގާޒާ ހިފުމަށް ހުށަހެޅީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހޫއެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ވަގުތުތަކަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި ގާޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކަމަށްބުނެ ފަސް ކަމެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކެބިނެޓުން ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ހަމާސް އަތުން ހަތިޔާރުތައް އަތުލުމާއި، އިސްރާއީލުގެ އަސީރުން މިނިވަންކޮށް މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމާއި، ޣައްޒާގެ މިލިޓަރީ ފޯސްތައް ހުއްޓުވައި ހަތިޔާރުތައް އަތުލައި ސެކިއުރިޓީ ކޮންޓްރޯލު ހޯދުމާއި، ހަމާސް ނުވަތަ ފަލަސްތީނު ދައުލަތުގެ ބައިވެރިވުމެއް ނެތި ޣައްޒާގައި ވަކި ވެރިކަމެއް ހިންގުމެވެ.
ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ މިލިޓަރީން ޣައްޒާ ހިފުމުގެ މަސައްކަތް ފަށައި، ހަނގުރާމައިގެ ސަރަހައްދުގެ ބޭރުގައި ދިރިއުޅޭ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާ ހިފަން ނިންމުމުން އެ ނިންމުމަކީ ވަރަށް ގޯސް ނިންމުމެއް ކަމަށް ބުނެ ގައުމުތަކުން ދަނީ އެ ނިންމުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު