ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސްގެ ނަފްސަށް ގެއްލުމެއް ދޭނެކަމުގެ އިންޒާރުދިން މައްސަލަ ފޮލިހަށް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މެންބަރު އައްބާސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު އޭނާގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރެއް ދީފައިވާ ކަމަށެވެ.
“މިމައްސަލަ ފުލުހުންނަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން” އައްބާސް ވިދާޅުވެފައިވެއެވެ.
އައްބާސް ވަނީ އެ މެސެޖުގައި އޭނާއަށް އިންޒާރު ދިން ކަމަށް ބުނާ މެސެޖްވެސް ޙިއްސާ ކުރަށްވާފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އައްސަދު ސައީދުގެ ފޭސްބުކް އެކައުންޓުން އައްބާސަށް ނިސްބަތްކޮށް މެސެޖެއް ޙިއްސާކޮށްފައިވެއެވެ.
“ތިމާ މީ މާ ބާރުގަދަ މާ ބޮޑު އަނގައެއް ލިބިފަ ހުރި މީހެއްކަމަށް ތިބާއަށް ހީވެގެން ދަލުބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަފުޅަށް އަރުވާލެވިގެން އަމިއްލަފުޅަށް ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ގޭގައި ފިލާ އޮންނަވަން ޖެހިވަޑައި ނުގަންނަވަނީސް އަމިއްލަފުޅަށް ތިމާގެ އަސްލު ސައިޒައް ތިރިވެލައްވާށެވެ.” އެ ޕޯސްޓްގައި ވެއެވެ.
އައްބާސަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެފައިވާއިރު އޭނާ ގެންދަވަނީ މީސް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މިހާރު ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތުން ހިނި އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ބަރަނިފަށެއްގެ މަތީގައި ޅާގުޅާ އޮށެއް ބޭއްވީމާ ވާގޮތްވެފައި ތިބިތަން އެބަފެނޭ.. ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި އަހުރެން ވަރަށް ހިނިއާދެ.. ހިނގާ ދިޔަ ކަމެއް ނުހިނގާ ކަމަށް ބުނެ މަޖުބޫރީ ހާލަތުގައި ބިރުން ތިބެ ސޯޝަލް މީޑިއާގައި އެކި ބޭފުޅުން ވަކި ވަކިން ސްޓޭޓަސް ލިއުނަސް އެއީ ހިނގާދިޔަ ކަމެއް..” އައްބާސް ވިދާޅުވިއެވެ.
އޭގެ އިތުރުން އައްބާސް ވިދާޅުވީ، ރައްޔިތުންގެ މަޖުލީހަށް ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ބަދެގެން ގެންގުޅޭ ނިކަމެތި ހާލު ރައްޔިތުންނަށް މިއަދު އެނގި ހާމަވަމުންދާ ކަމަށެވެ.
“ސްޓޭޓަސް ނުލިޔާ ކޮންމެ މީހަކީ ބައްދަލުވުން ލީކް ކޮށްލި މީހެއްގެ ލަގަބު ދޭނެކަމަށް ޕީޖީ ގްރޫޕްގައި ލިއުނީމަ ކޮންމެ މެންބަރަކުވެސް ވަކިވަކިން ސްޓޭޓަސް ލިޔާނެ.. މަޖުބޫރީ ހާލަތުގައި ސްޓޭޓަސް ލިޔެފައި މިމީހާއަށް ގުޅާފައި ހަމަ އެބޭފުޅުން ވާހަކަތައް ކިޔާދީ ހިތްވަރު ދިނުމަކީ މިމީހާއަށް ލިބޭ ބޮޑު އުފަލެއް...” އައްބާސް ވިދާޅުވެފައިވެއެވެ.
އަދި މަޖިލީހުގެ މެންބަރުން މިއަދު މަޑުން ތިއްބެވި ނަމަވެސް ވަގުތު ޖެހުމުން ތަޅު ހުޅުވާފައި ފިލައިގެންދާނީ ދަތް އަޅާފައި ކަމަށާއި، އެ ފާރުގަޑު ފަސޭހަވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ވެރިކަން ކުރާ ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް އައްބާސް ވަނީ ވިދާޅުފައެވެ. އަދި އެވާހަކަފުޅާ ގުޅިގެން ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ އައްބާސަށް ފާޑު ވިދާޅުވެފައެވެ.
އަދި އައްބާސް މިހާރު އެފަދަ ވާހަކަތައް ދައްކަވަނީ ކުރީގެ ރައީސް ޔާމީން ދާދި ފަހުން އައްބާސަށް 3 މިލިއަން ރުފިޔާ ދިނުމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް ވަނީ ތުހުމަތު ކުރަށްވާފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ Maldives Police Service އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން...@MahzoomMajidh @HKurusee @presidencymv @MMuizzu @AdhadhuMV @VaguthuOnline… pic.twitter.com/GvnilpB7el
— Mohamed Abbas (@Abbasvelidhoo) August 8, 2025
އައްބާސަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށައަޅުއްވާނެ ކަމަށް އޭނާ ވިދާޅުވެފައިވާއިރު އޭނާ ގެންދަވަނީ މީސް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން މިހާރު ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކުގެ ޢަމަލުތައް ހުރި ގޮތުން ހިނި އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ބަރަނިފަށެއްގެ މަތީގައި ޅާގުޅާ އޮށެއް ބޭއްވީމާ ވާގޮތްވެފައި ތިބިތަން އެބަފެނޭ.. ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި އަހުރެން ވަރަށް ހިނިއާދެ.. ހިނގާ ދިޔަ ކަމެއް ނުހިނގާ ކަމަށް ބުނެ މަޖުބޫރީ ހާލަތުގައި ބިރުން ތިބެ ސޯޝަލް މީޑިއާގައި އެކި ބޭފުޅުން ވަކި ވަކިން ސްޓޭޓަސް ލިއުނަސް އެއީ ހިނގާދިޔަ ކަމެއް..” އައްބާސް ވިދާޅުވިއެވެ.
އޭގެ އިތުރުން އައްބާސް ވިދާޅުވީ، ރައްޔިތުންގެ މަޖުލީހަށް ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ބަދެގެން ގެންގުޅޭ ނިކަމެތި ހާލު ރައްޔިތުންނަށް މިއަދު އެނގި ހާމަވަމުންދާ ކަމަށެވެ.
“ސްޓޭޓަސް ނުލިޔާ ކޮންމެ މީހަކީ ބައްދަލުވުން ލީކް ކޮށްލި މީހެއްގެ ލަގަބު ދޭނެކަމަށް ޕީޖީ ގްރޫޕްގައި ލިއުނީމަ ކޮންމެ މެންބަރަކުވެސް ވަކިވަކިން ސްޓޭޓަސް ލިޔާނެ.. މަޖުބޫރީ ހާލަތުގައި ސްޓޭޓަސް ލިޔެފައި މިމީހާއަށް ގުޅާފައި ހަމަ އެބޭފުޅުން ވާހަކަތައް ކިޔާދީ ހިތްވަރު ދިނުމަކީ މިމީހާއަށް ލިބޭ ބޮޑު އުފަލެއް...” އައްބާސް ވިދާޅުވެފައިވެއެވެ.
އަދި މަޖިލީހުގެ މެންބަރުން މިއަދު މަޑުން ތިއްބެވި ނަމަވެސް ވަގުތު ޖެހުމުން ތަޅު ހުޅުވާފައި ފިލައިގެންދާނީ ދަތް އަޅާފައި ކަމަށާއި، އެ ފާރުގަޑު ފަސޭހަވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަރަނިފަށެއްގެ މަތީގައި ޅާގުޅާ އޮށެއް ބޭއްވީމާ ވާގޮތްވެފައި ތިބިތަން އެބަފެނޭ..ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި އަހުރެން ވަރަށް ހިނިއާދެ..ހިގާ ދިޔަ ކަމެއް ނުހިގާ ކަމަށް ބުނެ މަޖުބޫރީ ހާލަތުގައި ބިރުން ތިބެ ސޯސަލް މީޑިއާގައި އެކި ބޭފުޅުން ވަކި ވަކިން ސްޓޭޓަސް ލިއުނަސް އެއީ…
— Mohamed Abbas (@Abbasvelidhoo) August 8, 2025
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ވެރިކަން ކުރާ ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް އައްބާސް ވަނީ ވިދާޅުފައެވެ. އަދި އެވާހަކަފުޅާ ގުޅިގެން ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ އައްބާސަށް ފާޑު ވިދާޅުވެފައެވެ.
އަދި އައްބާސް މިހާރު އެފަދަ ވާހަކަތައް ދައްކަވަނީ ކުރީގެ ރައީސް ޔާމީން ދާދި ފަހުން އައްބާސަށް 3 މިލިއަން ރުފިޔާ ދިނުމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް ވަނީ ތުހުމަތު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު