ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން އެކަތިގަނޑެއް ގޮތަށް ތިއްބެވި ކަމަށް ޤަބޫލު ކުރާނީ މޮޔައިން ކަމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ، ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށް ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ވިދާޅުވި ވާހަކަފުޅު ޕީއެންސީގެ ލީޑަރޝިޕުން ދޮގު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން، މޫސަ ވަނީ ސިޔާސީ ދާއިރާގައި އޭނާގެ ތަޖުރިބާ ޙިއްސާ ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑީއާރުޕީގެ މެންބަރުން ލައްވައި އެމްޑީޕީއަށް ވޯޓު ހޯދާފައި ވާނެ ކަމަށާއި، އެމެންބަރުންގެ ސޮއިވެސް ހޯއްދެވިކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އެ ޕާޓީގެ މެޖޯރޓީ ގެއްލި އެންމެފަހުން ޤާނޫނުއަސާސީއާ ޚިލާފަށް ސްޕްރީމް ކޯޓުން 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލައި، އެސަރުކާރު ނިމެއްދެން މަޖިލީސް ހުއްޓުވާފައި ބާއްވަން ޖެހުނުކަން މޫސަ ފާހަގަ ކުރެއްވިއެވެ. އަދި އެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން އެތައްފަހަރަކު ޕީޕީއެމްގެ ސަރުކާރާ އެއްކޮޅަށް ވޯޓުދިން ކަމަށް މޫސަ ވިދާޅުވިއެވެ.
“އެމްޑީޕީން ކަނޑާލީމާ އަޅުގަނޑު ހުރިތަން އެނގޭނެ. 19 ވަނަ މަޖްލީހުގައި އެމްޑީޕީގެ މޭގަނޑު ކަމަށް ނަންކިޔާ އެންމެން މަޖްލީހުގައި އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ތެދުވެ އެންމެ ފަހުން އެމްޑީޕީގެ އެތައް މެމްބަރުންނެެއް ޕީޕީއެމްއާއި ގުޅި، އަނެއްބަޔަކު އާ ޕާޓީއެއް ހަދައި، ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލުވާލި.” މޫސަ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު މިއީ ދާދި އިހަށްދުވަހުގެ ވާހަކަތަކެއް ކަމަށާއި، އެހެންކަމުން ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ވާހަކަ ދޮގުކޮށް 20 ވަނަ މަޖްލީހުގެ މެމްބަރުން ޕީއެންސީއަށް ދޭ ޔަޤީންކަން ޤަބޫލުކުރާނީ މޮޔައިން ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު، ވެރިކަން ކުރާ ޕީ.އެން.ސީގެ ބައެއް މެންބަރުން ވަރަށްއަވަހަށް ޕީ.އެން.ސީ ދޫކޮށްލާނެ ކަމަށް މެންބަރު އައްބާސް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އައްބާސަށް 3 މިލިއަން ރުފިޔާ ދިނުމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް ވަނީ ތުހުމަތު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު