އެއާޕޯޓްގައި ދެ އަންހެނުން ދެމެދު ހިނގި މާރާމާރީ -- ފޮޓޯ: އެމްވީކްރައިސިސް
އެއާޕޯޓްގައި ދެ އަންހެނުން ދެމެދު ހިނގި މާރާމާރީ -- ފޮޓޯ: އެމްވީކްރައިސިސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ދެއަންހެނަކު އަރައިރުންވެ މަރާމާރީ ހިންގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަގޮތުން ދެ އަންހެނުންގެ މެދުގައި ހަމަނުޖެހުން އުފެދި، އޭގެ ތެރެއިން އެކަކު އަނެކަކުގެ ބުރުގާ މޫނާ އެއްކޮށް އޮޅާލިތަން ފެނެއެވެ.

ދެން ފެންނަނީ މި ދެ އަންހެނުން ތަޅާފޮޅަން ފެށުމުން ކައިރީގައި ތިބި މީހުންނާއި އެއާޕޯޓު ސެކިއުރިޓީން ވެގެން އެމީހުން ހުއްޓުވަން މަސައްކަތްކުރާ މަންޒަރެވެ.

ބެލެވޭ ގޮތުގައި މި މާރާމާރީ ހިންގީ ދިވެހި ދެ އަންހެނުންގެ މެދުގައެވެ.

މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު