ހުޅުމާލެ
ހުޅުމާލެ
ހުއްދަަނެތި ހުޅުމާލެ ވޯޓާ ތީމް ޕާކް ސައިޓް ތެރެއަށް ވަން މީހަކު ހަތަރު މަހާއި 23 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ ޅ. ހިންނަވަރު، ފެހިވިލު، އަބްދުﷲ ހައުޒާންގެ މައްޗަށެެވެ.

އޭނާގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ 06 މާޗު 2022 ވަނަ ދުވަހުގެ 11:54 އެހާކަންހާ އިރު ހުޅުމާލެ ވޯޓާ ތީމް ޕާކް ސައިޓު ތެރެއަށް އޭނާ ހުއްދަ ނެތި ވަދެފައިވާ ކަމަށެވެ.

އެ ދައުވާއަށް އަބްދުﷲ ހައުޒާންގެ ފަރާތުން އިއުތިރާފުވެފައި ވާތީ އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

ނަމަވެސް މި މައްސަލައިގައި އަދަބު މަތިވާ ހާލަތެއް އޮތުމުން ކުށުގެ އަދަބު އެއް ދަރަޖައަށް މަތިވާންޖެހޭ ކަމަށް ދައުލަތުން ވަނީ ނިންމާފައެވެ.

އެހެންކަމުން މި މައްސަލައިގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު