ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު އޮތްތޯ ބެލުމަށްޓަކައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު 7 އޮފިސަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ މައްސަލައިގައި އެންއައިސީން ތަހުގީގު ކުރުމަށްފަހު 7 އޮފިސަރެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އަދި މި މައްސަލައިގައި ހުރި ތުހުމަތުތައް ދިރާސާ ކުރުމަށްފަހު، ދައުވާ ކުރުމާމެދު ޕީޖީ އޮފީހުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަަމަށެވެ.
އެންއައިސީން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ ޢަމަލުތަކާއި، ރަސްމީ ހައިސިއްޔަތުގެ ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމާއި އަދި ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން އެ ތުހުމަތުތައް ދިރާސާ ކުރުމަށްފަހު ދައުވާ ކުރެވެން ހުރި މައްސަލަތަކުގައި ޕީޖީ އޮފީހުން ދައުވާ ކުރާނެ ކަމަށާއި، ތަހުގީގު އިތުރަށް ފުރިހަމަ ކުރަންޖެހޭ މައްސަލައެއް ހުރިނަމަ އަނބުރާ ފޮނުވާލާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ ޒަހަމްތަކަކާއެކު މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅޭ ގެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު