އިސްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ މޮސާދްއާ ގުޅުން ހުރިކަމަށް ބެލެވޭ 20 ޖާސޫސުން ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.
އަދި މި މައްސަލައިގައި އެއްވެސް އޯގާތެރިކަމެއް ނުގެންގުޅޭނެ ކަމަށާއި، މިއީ އެހެން ފަރާތްތަކަށް ވެސް އިބުރަތަކަށް ހަދާނެ ކަމަށް އީރާނުގެ ޝަރުއީ ކޯޓުތަކުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ބައެއް މީހުން ދޫކޮށްފައިވާ ކަމަށް އީރާނުގެ ބައެއް ފަރާތްތަކުން ބުނެފައިވީ ނަމަވެސް، ދޫކޮށްލި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި، ނިއުކްލިއަރ ސައިންޓިސްޓް ރޫޒްބެހް ވާދީ، އިޒްރޭލަށް ޖާސޫސްކަން ކޮށްދިން ކަމުގެ ތުހުމަތުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
މިއަހަރު ޖޫން މަހު، އިޒްރޭލުން ވަނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއަރ ވަސީލަތްތަކަށް އުދުވާނީ ހަމަލާއެއް ދީފައެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ކާމިޔާބު މިސައިލްގެ ރައްދު ޑްރޯން ހަމަލާތަކެއް ދީފައެވެ.
އިޒްރޭލުން ބުނެފައިވަނީ އީރާން ނިއުކްލިއަރ ފައްކާކުރުން ހުއްޓުވުމަށްޓަކައި އަދިވެސް ހަމަލަ ދޭނެ ކަމަށެވެ. ނަމަވެސް އީރާނުން ބުނީ ވަނީ ދެން އީރާނަށް ހަމަލައެއް ދީފިނަމަ އެކަން ދުނިޔެއަށްވެސް ވެގެންދާނީ އިބްރަތަކަށް ކަމަށެވެ.
ޔަހުދީންގެ ޖާސޫސުންގެ ހައްޔަރު ކުރުންތަކާ ގުޅޭގޮތުން އިޒްރޭލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ އެތެރޭގައި އިޒްރޭލުން ޖާސޫސް ކުރާ ގޮތަށް އީރާނުން އިޒްރޭލުގެ އެތެރޭގައި ތިބެގެން ޖާސޫސް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު