ފަލަސްތީނުގެ ރައްޔިތުންގެ ކޯލުތައް އަސްކަރީ ބޭނުންތަކަށް މައިކްރޮސޮފްޓްގެ 'އެޒުއާ' ކްލައުޑް ސްޓޯރޭޖްގައި ރައްކާކުރާ ކަމުގެ ތުހުމަތުގައި އިޒްރޭލުގެ އަސްކަރިއްޔާއާ ދެކޮޅަށް މައިކްރޮސޮފްޓުން ތަހުގީގެއް ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ކުރި ތަހުގީގުތަކުގައި ހާމަވި ގޮތުގައި ޔުނިޓް 8200 ވަނީ އެޒުއާ ކްލައުޑް ސްޓޯރޭޖްގެ ވަކި ތަނެއްގައި ފަލަސްތީނުން ކުރާ އެތައް މިލިއަން ކޯލެއް ވަގަށް ރައްކާކޮށްފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ސަވޭލަންސް އޭޖެންސީ ކަމުގައިވާ 'ޔުނިޓް 8200' އިން އެޒުއާ ކްލައުޑް ސްޓޯރޭޖްގައި ފަލަސްތީނުގެ ޣައްޒާ އަދި ވެސްޓް ބޭންކުން ކުރާ ކޯލުތައް ރައްކާކުރަނީ އެ ސަރަހައްދުތަކަށް ބޮން އަޅަން ގޮތްތައް ހޯދުމަށް ކަމަށް ކުރި ތަހުގީގުތަކުން ވަނީ އެނގިފައެވެ.
މައިކްރޮސޮފްޓުން ތުހުމަތުކުރާ ގޮތުގައި އެ ކުންފުނީގައި މަސައްކަތްކުރާ އިޒްރޭލު މުވައްޒަފުންނަށް އިޒްރޭލުގެ އަސްކަރިއްޔާއިން ކުރަމުން އަންނަ ކަންކަން އެނގެއެވެ.
މައިކްރޮސޮފްޓުން އަންނަނީ މި މައްސަލައިގައި އަމިއްލަ ތަހުގީގެއް އަދިވެސް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު