މަރްޔަމް ނަހްދާ ވަޙީދު   12 އޯގަސްޓު 2025 - 16:9
ހައި ކޯޓު،
ހައި ކޯޓު،
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް 9 ބޭފުޅަކު ކުރިމަރިލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހެޅުމާ ގުޅިގެންނެވެ.

ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޝަހީދު ވިދާޅުވީ، އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެކަމަށް އެދިވަޑައިގަތީ އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.

ޖޭއެސްސީ އިން މި މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރޮމަތިލެއްވި ނުވަ ބޭފުޅުންނަކީ؛

- އިބްރާހިމް ނާސިހު، ލަކީ، ޅ. ކުރެންދޫ،

- އިބްރާހިމް މާހިރު، މެޑޯސް، ރ. އަލިފުށި،



- ސުލައިމާން މުހައްމަދު، ނޫރާނީގެ، ޅ. ކުރެންދޫ

- ހަސަން ފަހީމް އިބްރާހިމް، ޕިކަޑިލީ، ހދ. މަކުނުދޫ

- އުއްމު ކުލްސޫމް އަބޫބަކުރު، ރަނައުރާގެ، ބ. ހިތާދޫ

- އަލީ ނަސީރު، ގާޑެނިޔާ ވިލާ، ބ. ކިހާދޫ

- މުހައްމަދު އިބްރާހިމް، ދާރުއްސަލާމް، ގއ. ކޮނޑޭ

- މުހައްމަދު ޒާހިދު، އިލާޒާ، ރ. ހުޅުދުއްފާރު

- އަޝްފާގު ނައީމް، ބީޗް ސައިޑް، ފ. ނިލަންދޫ

ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް