މަރްޔަމް ނަހްދާ ވަޙީދު   13 އޯގަސްޓު 2025 - 9:8
ޣައްޒާގެ މީހުން-
ޣައްޒާގެ މީހުން-
ފާއިތުވެދިޔަ ސައުވީސް ގަޑިއިރު ތެރޭގައި އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާއިން 73 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.

ހައްދުފަހަނައެޅި އިޒްރޭލުން މުޅި ޣައްޒާ ބަނޑަށް ޖައްސާފައިވާއިރު، ބަނޑަށް ޖެހިގެން 6 އަހަރުގެ ކުޑަ ކުއްޖަކު ޝަހީދުވެފައިވާ ކަމަށްވެސް ފަލަސްތީނުގެ މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން އިއްޔެ ޝަހީދުވި މީހުންގެ ތެރޭގައި އެހީގެ ޓްރަކްތަކުން އެހީ ހޯދަން މަސައްކަތް ކުރި 19 މީހަކުވެސް ހިމެނެއެވެ. މިއީ އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ ދިން ހަމަލާތަކުން ޝަހީދުވި މީހުންނެވެ.

ޒަޔަނިސްޓް އިޒްރޭލުން މުޅި ޣައްޒާ ބަނޑަށް ޖައްސާފައިވާތީ، އިނގިރޭސިވިލާއި ޔޫރަޕުގެ 26 ގައުމަކުން ނެރުނު ބަޔާނެއްގައި އިއްޔެ ބުނެފައި ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދަނީ "ހިތަށްވެސް ނުގެނެވޭފަދަ" ލާއިންސާނީ އަމަލުތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް