ދަރިފުޅާ ވާހަކަ ދައްކަނީ-
ދަރިފުޅާ ވާހަކަ ދައްކަނީ-
ފުރާވަރަކީ ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައިވެސް އެންމެ ނާޒުކު އަދި ޚާއްސަ މަރުހަލާއެވެ. މި މަރުހަލާގައި ކުދިންގެ ހަށިގަނޑަށާއި، ސިކުނޑިއަށް އަދި އިހްސާސްތަކަށް ވަރަށް ގިނަ ބަދަލުތަކެއް އައިސްދެއެވެ. މި ބަދަލުތަކާއެކު އެކުދިންނާއި މުޢާމަލާތް ކުރުމުގައި މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.

ފުރާވަރުގެ ކުދިންގެ ސިކުނޑިއަށް އަންނަ ބަދަލުތަކަކީ އެކުދިންގެ އުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. މި އުމުރުގައި އެކުދިންގެ އިހްސާސްތައް ވަރަށް ނާޒުކުވެ، ކުދިކުދި ކަންކަމާއި ފަސޭހައިން ރުޅިއައިސް، ހިތްހަމަނުޖެހުންތައް އިތުރުވެއެވެ. މިފަދަ ހާލަތްތަކުގައި މައިންބަފައިން ކެތްތެރިކަމާއެކު އެކުދިންނާ މުޢާމަލާތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫނީ ކުއްޖާ ބޮޑު މީހަކަށްވުމުގެ ކުރިން އޭނާ ގޯސް މަގަކަށް ހުށަހެޅުމުގެ ފުރުސަތު އެއްބައި ހާލަތްތަކުގައި ބޮޑެވެ.

ފުރާވަރުގެ ކުދިންނާ ވާހަކަދައްކާއިރު އެކުދިން ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހައި، އެކުދިންގެ ވާހަކަތަކަށް އަހައްމިއްޔަތުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންގެ ވާހަކަތައް މެދުކަނޑާނުލައި، އިހްތިރާމާއެކު އަޑުއެހުމަކީ އެކުދިންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެކެވެ. މި އުމުރުގައި މި ޒަމާނުގައި ގިނަވެފައިވާ ފެޝަން ވަބާގައި ޖެހި، ކުދިން އެކުދިންގެ ހަށިގަނޑާއި ބުރުސޫރައާއި ދޭތެރޭ ވިސްނަން ނުޖެހޭ ވަރަށް ވިސްނާނެއެވެ. ކުއްޖާއަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އަމިއްލަ ހަށިގަނޑާއި ރޫފައަށް ހަމްދުކުރާ މީހަކަށް ވާގޮތަށް އޭނާއާއި ވާހަކަދައްކާށެވެ. ފުރާވަރުގެ ކުދިންގެ ޝުޢޫރުތަކަށް އިހްތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންގެ އިހްސާސްތަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމުން ދުރުހެލިވެ، އެކުދިންގެ ޝުޢޫރުތައް ބަލައިގަތުމަކީ މުހިންމު ކަމެކެވެ.

މައިންބަފައިންނާއި ދަރިންނާ ދެމެދު އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންނަށް އިތުބާރުކުރެވޭކަން އިހްސާސްކުރެވޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ސިއްރުތައް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ. ކުއްޖާއާއި ރަހުމަތްތެރިން ތަންތަނަށް ފޮނުވާއިރު ވާނުވާ ބަލާއިރުވެސް އެކުދިންނަށް ކޮންމެވެސް ވަރެއްގެ ޕްރައިވެސީއެއް ދޭން ސަމާލުވާށެވެ. އެހެން ނޫނީ، ގޭތެރޭގައި ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ކުދިންގެ ރަހުމަތްތެރިން ގެއަށް ގެނެސް، ޕްރައިވެސީ ދޭށެވެ. ކުއްޖާ ކުރާ ކަންކަން ބެލުމުގައިވެސް ހައްދެއް އޮންނަންވާނެއެވެ. 

ފުރާވަރުގެ ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދިންނާއެކު ވަގުތު ހޭދަކޮށް، އެކުދިންގެ ޝައުޤުވެރިކަން ހުރި ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ އެކުދިންނާ ގާތްގުޅުމެއް ބިނާކުރުމަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް