ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއި ގުޅުވައި ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަަޅަން ވިސްނަމުން ގެންދާ ކަމަށް ޖުމްހޫރީ ޕާޓީން ހާމަކޮށްފިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަޙްމަދު މިއަދު ވިދާޅުވީ، ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ވަނީ ޤާސިމް އިބްރާހީމާއި އެމަނިކުފާނުގެ ދަރިކަލުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަތަކެއް ދައްކަވާފައި ކަމަށެވެ. އެހެންކަމުން އެ ވާހަކަތަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އަޒްލީން ވިދާޅުވިއެވެ.
މީގެއިތުރުން އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންއާ ދެކޮޅަަށް ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ އެ ޕާޓީގެ ޤާނޫނީ ބޭފުޅުން ބައްލަވަމުން ގެންދަވާ ކަމަށްވެސް އަޒްލީން ވިދާޅުވެފައިވެއެވެ.
“މަތި ބެލީމާ ތޮފި ވެއްޓޭވަރުގެ އުސްޢިމާރާތް އަޅައި، އަމިއްލަ ގެޔަށް ފޮށިފޮށީގައި ފައިސާ ވައްދައި، އެ ނަޙަލާލު ކަމަށް އަމިއްލައަށް ޓީވީގައި ބުނެ، އަދި މަނީ ލޯންޑަރ ކުރިކަމަށް ގިނަބަޔަކު ތުހުމަތުކުރާ، އަދި ވެރިކަމުގައި ސިޔާސީ މީހުންނަށް އަނިޔާވެރިވެ ޖަލުގޮޅިތަކަށް ލެއްވި ކުރީގެ ރައީސް ޔާމީން.” އަޒްލީން ވިދާޅުވެފައިވެއެވެ.
އަޒްލީން މިހެން ވިދާޅުވެފައިވާއިރު، އަޒްލީނަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން އެ ސަރުކާރުގެ ދާޚިލީ ވަޒީރެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ޙުކުމް ނެރެފައިވަނީ، އެ ކޯޓުގެ ފަނޑިޔާރުންނަށް ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނި މެދުވެރިކޮށް، ސިޔާދު ޤާސިމް ރިޝްވަތު ދެއްވިކަމަށް ތުހުމަތު ކުރަށްވައި، އެމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.
ޤާސިމާ ބެހޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކުގެ ސަބަބުން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، ހަމަ އެ ޕްރޮގްރާމުގައި ކުރީގެ ރައީސް މައުމޫނާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް މައުމޫންގެ ފަރާތުންވެސް ވަނީ ދޮގުކުރަށްވާފައެވެ. އަދި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން، ޤާނޫނީ ފިޔަވަޅު އަޅަން މަޝްވަރާ ކުރަމުންދާކަމަށް ރައީސް މައުމޫން ވެސް ވަނީ ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު