ޣައްޒާ ރައްޔިތުން ބަނޑުހައިހޫނުކަމުގައި،
ޣައްޒާ ރައްޔިތުން ބަނޑުހައިހޫނުކަމުގައި،
ބޯތަކެތި ނުލިބި ބަނޑުހައިހޫނުކަންމަތީ ފަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 240 އަށް އަރައިފިއެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އެކަނި ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާއިން ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ. މިއާއެކު ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 240 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 107 މީހުންނަކީ ކުޑަކުދިންނެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިއްޔެ ފަލަސްތީނުން 41 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އެހީ ހޯދުމަށް ދިޔަ 16 މީހަކު ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިސްރާއީލުން 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ.

ޣައްޒާގެ އެތައް މިތަނަށް ބޮން އެޅުމުގެ އިތުރުން، ނިރުބަވެރިން ދަނީ އެކި ގޮތްގޮތުން ޣައްޒާއަށް އެހީތައް ވަނުން ހުއްޓުވަމުންނެވެ.

އެގޮތުން ދިގު މުއްދަތަކަށް ޣައްޒާއަށް އެހީ ވަނުން ހުއްޓުވާފައި އޮތުމަށްފަހު، ބޮޑެތި ފާޑުކިޔުންތަކާއި ގުޅިގެން ޣައްޒާއަށް މިހާރު އެހީ ވަނަސް، އެ ލިބެނީ މަދު ބަޔަކަށެވެ. އެންމެ އެކަށީގެންވާ މީހުންނަށް އެހީ ނުލިބި، އެތައް ހާސް ބަޔަކު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައެވެ.

ޣައްޒާގައި ހިންގަމުން ގެންދާ ގަތުުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 61،000 އަށް ވުރެ މައްޗަށް އަރައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް