ޕާކިސްތާނުގައި ފެންބޮޑުވެފައި
ޕާކިސްތާނުގައި ފެންބޮޑުވެފައި
ޕާކިސްތާނުގައި ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ހިނގި މޫސުމީ ކާރިސާތަކުގައި މަރުވި މީހުންގެ އަދަދު 350 އިން މައްޗަށް ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެންމެ ފުރަތަމަ ހުކުރު ދުވަހު އެ ޤައުމުގެ ޚައިބަރު ޕަސްތޫން ސަރަހައްދުގެ ޚާއްޞަކޮށް ބުނޭރު ޑިސްޓްރިކްޓްގެ ފަރުބަދަތައް ސަރަހައްދުންވަރުގަދަ "ކްލައުޑް ބާރސްޓް" އެއް ކުރިމަތިވިއެވެ.

"ކްލައުޑް ބާރސްޓް" އަކީ އުސް ތަންތަން، ޚާއްޞަކޮށްފަރުބަދަތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ ޖަމާވެ އެ ވިލާތައް އެއް ވިލާ އަނެއް ވިލާއާއި ޖެހިހިނގާ ކަންތައްތަކެއްގައި ކުއްލިއަކަށް އަންނަ ބޯވިއްސާރައެކެވެ. "ކްލައުޑް ބާރސްޓް" ގިންތި ކުރުމުގައިގަޑިއަކު 100 ސެންޓިމީޓަރު ނުވަތަ ހަތަރު އިންޗީގެ ވާރޭ ނޯޓުކުރެވެއެވެ.

މި ހާދިސާގެ ސަބަބުން ހުކުރު ދުވަހު އެ ޑިސްޓްރިކްޓުން އެކަނި 157 މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި ހޮނިހިރު ދުވަހުވެސް ހުއްޓުމެއްނެތި ބޯވިއްސާރައާއި "ފްލޭޝް ފްލަޑްސް" ތަކުގެ ސަބުބުން އެ އަދަދުމަރުވި މީހުންގެ އަދަދު 300 އަށްވުރެ އިތުރުވެގެންދިޔަކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"ފްލޭޝް ފްލަޑްސް" އަކީ ކޯރުތައް ފުރި ބަންޑުންވުންފަދަހާދިސާތަކެވެ. "ކްލައުޑް ބާރސްޓް" އާއި "ފްލޭޝް ފްލަޑްސް" އަދި "ލޭންޑް ސްލައިޑް" ފަދަ ގުދުރަތީ ކާރިސާތައް އެއްފަހަރާ ވިދިވިދިގެން ކުރިމަތިވުމުން މިފަދަ ކާރިސާތަކުން ލިބޭ ގެއްލުންއިންތިހާއަށް ބޮޑުވެގެންދެއެވެ.

މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 350 އިން މައްޗަށްގޮސްފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު އަދި ސާފެއްނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު