ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލްގައި މިރޭ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ޕާކިސްތާނުގެ ޓީމު އޮތީ މެޗުން މޮޅުވެ ތާރީޚު ބަދަލުކޮށްލަން ފުރިހަމައަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އަދި ދުނިޔޭގެ ފުޓުބޯޅައިގެ މަޝްހޫރު ޝަޚުޞިއްޔަތު ނޮލްބާޓް ސޮލާނޯ ބުނެފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުތަކުގައި ފުޓުބޯޅައިގެ އުނދަގޫ ދުވަސްތަކަކާ ކުރިމަތިލުމަށްފަހު، ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޑާކާގެ ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ސަރަޙައްދީ ފުޓުބޯޅައިގެ ރަސްކަމަށް އައުމަށް ޕާކިސްތާނަށް ލިބިފައިވާ ވަރަށް ބޮޑު ފުރުޞަތެކެވެ.
އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާއެކު 1997 ވަނަ އަހަރު ބޮކަ ޖޫނިއާސްއަށް ކުޅެ، އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ވިދާލި ޕެރޫގެ ކޯޗު ސޮލާނޯ ބުނީ، މަރަޑޯނާއާއެކު ކުޅެން ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
ބަންގްލަދޭޝްގައި މަރަޑޯނާއަށް އޮންނަ ބޮޑު ތަރުޙީބަށް އިޝާރާތްކޮށް ސޮލާނޯ ބުނީ، މުޅި ދުނިޔޭގައިވެސް މަރަޑޯނާއަށް ސަޕޯޓުކުރާ މީހުން އުޅޭނެ ކަމަށެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ވާދަވެރިކަމާ ގުޅޭގޮތުން އޭނާ ބުނީ، މިއީ ފުޓުބޯޅައިގެ ޑާބީއެއް ކަމަށާއި ދަނޑުމަތިން ބޭރުގައި އެއްވެސް ވާދަވެރިކަމެއް ނެތް ނަމަވެސް، ޕާކިސްތާނުގެ ކުޅުންތެރިންނަށް އިންޑިއާ މެޗު އަބަދުވެސް ޚާއްޞަވާނެ ކަމަށެވެ.
ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން 3-2 އިން ޕާކިސްތާނު ބަލިވި ނަމަވެސް، ސޮލާނޯ ބުނީ އޭރު ޓީމު އޮތީ ތަމްރީނު ނުކުރެވި، އަދި ޔޫރަޕްގައި ކުޅޭ މުހިންމު ކުޅުންތެރިންތަކަކާ ނުލައި ކަމަށެވެ. ނަމަވެސް މިހާރު އިންޑިއާ ޓީމު ކުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އަމިއްލަ ޓީމުގެ ކުޅުމަށް ފޯކަސް ކޮށްގެން ނުކުމެ އިންޑިއާ ބަލިކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އޭނާ ފާހަގަކުރިއެވެ.
ޕާކިސްތާނުގެ ކެޕްޓަން އަދި ސްވިޑެންގެ ލީގުގައި ކުޅެމުން އަންނަ އަބްދުﷲ އިގްބާލް ބުނީ، މިއީ ތާރީޚީ މެޗަކަށްވުމުން ޕްރެޝަރު އޮންނާނެ ކަމަށާއި، ނަމަވެސް އެ ޕްރެޝަރު ބޭނުންކުރާނީ މެޗުން މޮޅުވުމުގެ ހިތްވަރެއްގެ ގޮތުގައި ކަމަށެވެ. އިންޑިއާއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ފައިނަލުގައި ކުޅޭއިރު، ޕާކިސްތާނުން މި ނުކުންނަނީ އެ ޤައުމުގެ ފުޓުބޯޅައިގެ ތާރީޚު އަލުން ލިޔުމުގެ ފޮނި އުންމީދުގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު