ރައީސަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު، އަބްދުﷲ މާހިލް ޝަހީމް އެ ބޯޑުގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިކަލުން މާހިލް ޔޫތު އެޑްވައިޒަރީ ބޯޑަށް އައްޔަނުކުރީ މިދިޔަ އަހަރު އޮގަސްޓު 12 ގައެވެ.
އޭނާ އެ ބޯޑުން އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރި މައްސަލަ އާ ގުޅިގެން މާހިލް ހިފަހައްޓައި ޖޫރިމަނާ ކޮށްފައިވާ ކަމަށްބުނެ އޭނާ ޒުވާނުންގެ މަޖިލީހުން އިސްތިއުފާ ދިނުމަށް ގޮވާލައި އަޑުއުފުލަމުން ދަނިކޮށެވެ.
ނަމަވެސް މާހިލްގެ ބައްޕަ ވަނީ އެކަން ދޮގުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު