ޕާކިސްތާނުގެ ރައީސް، އެމެރިކާގެ ރައީސް އަދި އިންޑިއާގެ ޕްރައިމް މިނިސްޓަރު
ޕާކިސްތާނުގެ ރައީސް، އެމެރިކާގެ ރައީސް އަދި އިންޑިއާގެ ޕްރައިމް މިނިސްޓަރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނަށް ތަކުރާރުކޮށް ތާއީދުކޮށް ވާހަކަ ދެއްކުމާއި އިންޑިއާގެ މައިގަނޑު ކަންބޮޑުވުންތަކަށް އަހަންމިއްޔަތުކަން ނުދިނުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އާލާވި ގިނަ ދުވަހުން ބިނާކުރެވިފައިވާ އިސްތިރާޖީ ގުޅުމަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށް އިންޓަރނޭޝަނަލް ސެންޓަރ ފޯރ ޕީސް ސްޓަޑީޒް (އައި.ސީ.ޕީ.އެސް) އިން ބުނެފިއެވެ.

އައި.ސީ.ޕީ.އެސް ގެ ރިޕޯޓުގައި ބުނީ ޓްރަމްޕްގެ މި ސިޔާސަތުގެ ސަބަބުން ޕާކިސްތާނަށް ހިތްވަރު ލިބި އެ ގައުމުގެ އާމީ ޗީފަށް އެމެރިކާގައި ހުރެ އިންޑިއާއަށް ނިއުކްލިއާ ބިރުދެއްކުމުގެ ފުރުސަތު ލިބުނު ކަމަށެވެ. މިއީ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތާރީޚުގައި ވެސް ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމުގައި ބެލެވޭކަމަށް ރިޕޯޓުގައި ވެއެވެ.

އިންޑިއާގެ ޑިޕްލޮމެޓުން މިހާރުގެ ގުޅުންތައް އަޅާކިޔަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ހާލަތާ އެވެ. އެއިރުވެސް ޗައިނާއިން ވަނީ އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަން ފަށާފައެވެ. އެގޮތުން އެމެރިކާގެ ޓެރިފްތަކަށް ފާޑުކިޔައި، އިންޑިއާގެ ލީޑަރޝިޕަށް ތަރުރީފް ކުރަމުންދެއެވެ.

އައި.ސީ.ޕީ.އެސް އިން ބުނީ އިންޑިއާ ބަލިކަށިކުރުމަކީ އެމެރިކާގެ އިންޑޯ-ޕެސިފިކް ސިޔާސަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ޗައިނާ އަދި ޕާކިސްތާން ފަދަ ވާދަވެރި ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު