މިއަދު މި ގައުމު ދެމި މިއޮތީ މީޑިއާގެ މަސައްކަތުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށައަޅާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު”ގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔަ ވަގުތު ނޫސްވެރިންވަނީ އަނގަމަތީގައި އަތްއަޅައިގެން ތިބެ މަޖިލީހުގައި އިޙްތިޖާޖް ކޮށްފައެވެ.
އެބިލްގެ ބަހުސްގައި ޣަފޫރު މިއަދު ވިދާޅުވީ، މިއަދު މި ގައުމު ދެމި މިއޮތީ މީޑިއާގެ މަސައްކަތުން ކަމަށެވެ. އަދި ގައުމު ނޮޅާ ވީދާ ކެއުމަށް ދޫނުކުރެވޭނެ ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ޣަފޫރު ވަނީ، ސަރުކާރުން ކުރާ ވައްކަންތައް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަންހަނާ ކުރުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވާފައެވެ. އަދި އެވާހަކަތައް މީޑިއާތަކުން ތިލަކޮށްދޭން ޖެހޭކަމަށާއި، ކޮރަޕްޝަންގެ ވާހަކަތައް ގެނެސްދެނީ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގާތީ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.
“ޖަހާބަލަ ރައްޔިތުންގެ ހައްގުގެއްލޭ ގޮތަށް ހުކުމް. އަބަދަަކު ނުތިބޭނަން ކަންކަން ދޫކޮށްލައިގެން.” ޣަފޫރު ވިދާޅުވިއެވެ.
އޭގެ އިތުރުން، އެންމެ ފުރަތަމަ ދައްކަންވީ ވައްކަމަށް އޮތް އަދަބުގެ ވާހަކަ ކަމަށާއި، ވައްކަންތައް ހާމަކުރާ މީހުންނަށް އަދަބު ދިނުމުގެ ވާހަކަ ދައްކާނީ ފަހުން ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ މައްސަލާގައި ނޫސްވެރިން މަޖިލީހުގައި އިޙުތިޖާޖު ކުރަމުން ދަނިކޮށް ބިލާއިމެދު ގޮތެއް ނިންމުމެއްނެތި މަޖިލީހުގެ މިދައުރު ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު