ލޮލުގެ ޗެކްއަޕް ހަދަނީ
ލޮލުގެ ޗެކްއަޕް ހަދަނީ
އިންސާނާގެ ލޮލަކީ އެންމެ މުހިންމު ގުނަވަންތަކުގެ ތެރެއިން އެއް ގުނަވަނެވެ. ޓެކްނޮލޮޖީއިން ކުރިއަރާފައިވާ މި ޒަމާނުގައި ދިރިއުޅުމުގެ ގިނަ ވަގުތުތައް އެންމެންވެސް ހޭދަކުރަނީ ސްކްރީންތަކަށް ބެލުމުގައެވެ. މިކަމުގެ ސަބަބުން ލޮލަށް ބާރުކުރާވަރު (ސްޓްރެސް ނޫނީ ޕްރެޝަރ ވާވަރު) ބޮޑުވެ، އޭގެ ސަބަބުން ލޮލުގެ ސިއްހަތަށް އަސަރު ކުރެއެވެ.

މިފަހަރު މި ހިމަނާލަނީ ލޮލަށް ބާރުކުޑަކޮށް، ލޮލުގެ ސިއްހަތު ރަނގަޅު ކުރަން ބޭނުންވާނަމަ ކުރަންވީ ބައެއް ކަންކަމެވެ.

ސްކްރީންތައް ލޮލާ ދުރުކުރުން

ލޮލާ ކައިރިކޮށްގެން ސްކްރީންތައް ބަލާނަމަ އޭގެ ސަބަބުން ލޮލަށް ބާރުބޮޑުވެ ލޮލުގެ ފެނުމަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ފޯނާއި، ލެޕްޓޮޕް، އަދި ކޮމްޕިއުޓަރ ފަދަ ތަކެތީގެ ސްކްރީންތައް ބަލާއިރު ސްކްރީންތައް އެންމެ ކުޑަވެގެން މީހާގެ އަތް ދަމާލުމުން ހުންނަ ވަރުގެ ދުރުމިނެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި ސްކްރީންތައް މީހާގެ ލޮލަށްވުރެ ތިރީގައި ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. މިހެން ހެދުމުން ލޯ ކުޑަކުރަން ނުޖެހި، ލިލަށް ބާރު ބޮޑުނުކޮށް ސްކްރީން ބެލޭނެއެވެ.

ގިނައިން 'ބްލިންކު' ނުކުރުން

މާ ގިނައިން ލޯމެރުން (އެސްފިޔަޖެހުން) ނުވަތަ "ބްލިންކް" ކުރުމަކީ މީހާގެ ލޮލުގެ ސިއްހަތަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ ކަމެކެވެ. މިގޮތަށް ގިނައިން އެސްފިޔަ ޖަހައި ލޯމަރާނަމަ އޭގެ ސަބަބުން ލޯ ހިކުން ހުއްޓުވައިދީ ލޯ އަބަދުވެސް ތެތްކަންމަތީ ބަހައްޓައިދެއެވެ. މިކަމުގެ ސަބަބުން މީހާގެ ލޯ ފުސްވެއެވެ. ވީމާ މިކަން މަދުކުރުމަކީ ލޮލުގެ ސިއްހަތަށްޓަކައި މުހިންމު ކަމެކެވެ.

ގޭތެރޭގައި އަލިމަޑު ލައިޓުތައް ބޭނުންކުރުން

ލޮލުގެ ސިއްހަތު ރަނގަޅުކުރަން ބޭނުންވާނަމަ ގޭތެރޭގައި އަލިމަޑު ލައިޓުތައް ބޭނުންކުރުމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަލި މަޑު، "ވާމް ޓޯމް" ހުންނަ ލައިޓުތައް ބޭނުން ކުރުމުން ލޮލަށް ބާރުކުޑަވެއެެވެ. އަދި ލިލުގެ ފޯކަސް ރަނގަޅު ކޮށްދެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް