ހަމަނުޖެހުން ހިންގަން ހިތްވަރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ-
ހަމަނުޖެހުން ހިންގަން ހިތްވަރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ-
މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު ކަމަށެވެ. އޭނާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މައްސަލާގައި އިހުތިޖާޖު ކުރާ މީހުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް މީސްމީޑިއާގައި މެސެޖްތަކެއް ޙިއްސާ ކޮށްފައިވާތީއެވެ.

‎ފުލުހުން އޭނާގެ މައްޗަށް 3 ތުހުމަތެއް ވަނީ ކޮށްފައެވެ. އެގޮތުން ފުރަތަމަ ތުހުމަތަކީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 10ވަނަ މާއްދާގެ (ހ) ގާނޫނުގެ އަށްވަނަ މާއްދާއާއި ނުވަވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޒަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރުމުގެ ތުހުމަތެވެ.

ދެވަނަ ތުހުމަތަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ހަވަނަ ނަންބަރު؛ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގްސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ހާލަތެއް އުފެއްދުމުގެ ތުހުމަތެވެ.

‎އަދި ތިންވަނަ ތުހުމަތަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް