ޙަސަން ޒިހާން
ޙަސަން ޒިހާން
އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ޙަސަން ޒިހާން، ސުޕްރީމް ކޯޓާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ގޮވާލައި ހިތްވަރުދީފިއެވެ.

މިއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ބޮޑު ޖިނާއީ ބޮޑު ކުށެކެވެ.



ޒިހާންގެ ކޮމެންޓް


ޙަސަން ޒިހާން ދައުލަތުގެ މުހިންމު މުއައްސަސާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަދައްކާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓުން ކުރި ސްޓޭޓަސްއެއްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލުމުން ފުލުހުން ވިދާޅުވީ، އޭނާ ކުރި ކޮމެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް