އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް (ކ) ކުރީގެ ރައީސް ޔާމީން (ވ)
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް (ކ) ކުރީގެ ރައީސް ޔާމީން (ވ)
ރައީސް ޔާމީން ޖަލަށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެފައިވާކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ތުހުމަތު ކުރަށްވައިފިއެވެ.

މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނަސް ރަށުކައުންސިލް އިދާރާތަކާއި، ދައުލަތުގެ ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށްފަހު ވެރިކަމުގެ ދައުރު ދަންމާލުމުގެ މަކަރުވެރި ހީލަތްތެރި ރޭވުންތަކެށް ރާވަމުންދާ ކަމަށެވެ.

މިއީ ރައްޔިތުން ވިސްނާ ފިކުރު ހިންގަންޖެހޭ ކަމެއް ކަމަށާއި، މިކަން ކުރުމަށްވެސް ސަރުކާރުން ބޭނުން ކުރަމުންދާނީ ރައްޔިތުންގެ މަޖުލީހުގެ މެންބަރުން ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ. އަދި މިއީ ހިތާމަ ކުރަންޖެހޭ ކަމެއްކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

“ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމަށް ރައްޔިތުންގެ މަޖުލީސްގެ ޕީއެންސީ މެންބަރުންނާއި އަޅުގަނޑު ގެ ކުރިމަތީގައި އެކި ދުވަސް މަތިން ރައްޔިތުން ގެ މަޖުލީސް ކުޑަ ދަށުގައި ޕީއެންސީ ޕީޖީ ލީޑަރު ފަލާހް ތަކުރާރުކޮށް ބުނަމުން ދިއުމަކީ ޝަރުއީ ނިޒާމް އަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާވަރު ހާމަވާ ކަމެއް.” އައްބާސް ވިދާޅުވިއެވެ.

ހަމައެހެންމެ އައްބާސް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރާކަމަށް ކަރުން ނާރު ނަގާފައި ފަލާޙް ވިދާޅުވި ނަމަވެސް ޕީޖީ ލީޑަރު ފަލާހް ދޮގު ހައްދަވާކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ހަމައެއާއެކު އައްބާސް ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި އެއްޕާޓީން އަނެއް ޕާޓީން ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހިގެން ސިޔާސީ ކާޅެއްހެން ދުވަމުން ދިޔައީ އިގުރައިދޫ ދާއިރާގެ މެންބަރު ފަލާހުކަން ދިވެހި ރައްޔިތުންގެ ލޯތަކަށް ފެނިގެންދިޔަ ކަމަށްވެސް ވިދާޅުވެފައެވެ.

“ރައީސް ޔާމީން ވެރިކަމުގައި ޕީޕީއެމްގެ މެންބަރުން ދައްކައިގެން އެމެންބަރުންނަށް ފަނިޖައްސަމުން ދުވަމުން ބޮޑުބައި ދިރުވާލީ ފަލާހު. މިހާރުވެސް ޕީއެންސީ މެންބަރުންނަށް ފަނިފޮދު ޖައްސަމުން ދޮންކަޅު ނާންގާ ބޮޑުބައި ޖީބަށް ޖަހައިގެން ދުވަނީ ހަމަ ފަލާހު. މީ އަޅުގަނޑު ދައްކާ ވާހަކައެއްނޫން. ޕީއެންސީގެ ޕާލަމެންޓު މެންބަރުންތަކެއް އެކި ފަހަރު މަތިން އަޅުގަނޑާ ދައްކާ ވާހަކަތައް.” އައްބާސް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްބާސް ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ހިޔަލުގައި ހުރެ ފަލާހު ނުހައްޤު މުއްސަދިކަން ހޯދަމުންދާ ކަމަށާއި، ޕީއެންސީގެ މެންބަރުން ތިބީ، އަބަދު ބަސްނުބުނެ ބަނޑަށް ކުޅުޖަހައިގެން މަޑުން ތިބޭގޮތަށް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު