ޤައުމީދުވަހުގެ ރަސްމީ ޖަލްސާއިން މަޖިލީހުގެ ބައެއް މެންބަރުން ބާކީކުރުމަކީ މުޑުދާރު އަމަލެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް ރޭ ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރު ކަމަށެވެ. އަދި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދަޢުވަތު އަރުވާފައިވަނީ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް އެކަނި ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ދައުލަތުގެ ހަޒާނާއިން ބޮޑު ހަރަދުކޮށްގެން ޗާޓަރ ފުލައިޓު ތަކުގައި ރައީސް ޑރ. މުއިއްޒާއި، ޕީއެންސީއަށް ނިސްބަތްވާ މަޖުލީސް މެންބަރުނާއި، އަރިހުގައި ގެންގުޅުއްވާ ސިޔާސީ އައުވާނުން ގޮވައިގެން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގެންނެވުމަކީ ލަދުވެތި ކަމެއްކަނަ އައްބާސް ފާހަގަ ކުރެއްވިއެވެ.
“ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާ އަށް، ހަރަކާތްތަކަށް 1000 ބޭފުޅުންނަށް ދައުވަތު ދެއްވިއިރު ރައްޔިތުންގެ މަޖުލީސް ގެ މެންބަރުން ބާކީ ކޮށްލުމަކީ ކުރެއްވި ވަރަށް މުޑުދާރު ދަށުދަރަޖައިގެ އަމަލެއް.” އައްބާސް ވިދާޅުވިއެވެ.
އޭގެއިތުރުން އައްބާސް ވިދާޅުވީ، މީގެން ދޭހަވަނީ ރައްޔިތުންގެ މަޖުލީސް މެންބަރުން ރައީސް ޑރ. މުއިއްޒު ގިންތި ކުރަށްވާފައިވާ ނާތަހުޒީބު ގޮތް ކަމަށެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ޤައުމީ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަ ކުރަމުން ގެންދަނީ ހއ. އުތީމުގައެވެ.

ކިޔުންތެރިންގެ ހިޔާލު